ސިޓީ ކައުންސިލުން އުޅެނީ ސިޔާސީ ބޭނުމަށް ރައްޔިތުންގެ ހިތުގައި ސަރުކާރާއިމެދު ނަފުރަތު އުފައްދަން: ޝަރީފް
މާލޭ ސިޓީ ކައުންސިލުން އުޅެނީ ރައްޔިތުންގެ ހިތްތަކުގައި ސަރުކާރާމެދު ނަފުރަތު އުފައްދަން ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
މިއަދު ސްޓެލްކޯއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝަރީފް ވިދާޅުވީ ސިޓީކައުންސިލުން ސްޓެލްކޯއަށް އަމާޒުކޮށް ގިނަ ވާހަކަތަކެއް ދައްކާފައިވާކަމަށާއި ސްޓެލްކޯއަށް އަމާޒުކޮށް ޕްރެސްތައްވެސް ބާއްވާފައިވާކަމަށެވެ.
އަދި ސިޓީކައުންސިލަކީ ސިޔާސީ ގޮތުން ރައްޔިތުންނާއި ސަރުކާރާއި ރައްޔިތުން ޖެއްސުމަށް ބޭނުންކުރާ "ޓޫލެއް" ކަމަށް ޝަރީފް ވަނީ ސިފަކުރައްވައިފައެވެ.
"ގާކޮށި ސަރަހައްދުގެ ޓްރާންސްފޯމާ ބޮޑު ނުކުރެއްވިއްޖެނަމަ އަޅުގަނޑު މިހާރުވެސް މި ދަންނަވަނީ މިއަންނަ ރޯދަމަސްތެރޭގައި އެސަރަހައްދުން ކަރަންޓު ކަނޑައިގެން ދާނެ. ސަބަބަކީ އެޓްރާންސްފޯމާ އޭނީ ފުލްވެފަ މިހާރު އިތުރު ޖާގައެއް ނެތް އިތުރު ކެޕޭސިޓީއެއްނެތް އެޓްރާންސްފޯމާ ބޮޑުކުރުމަށް ބޭނުންވާ ހުރިހާ އެއްޗެށް މިހާރު އެބަހުރި ގެނެސްފައި. އެކަމު ސިޓީކައުންސިލުގެ ގޮތް ދޫނުކުރުމާއި އަޅުގަނޑުމެންނަށް ތާށިކުރުމާއި އަޅުގަނޑުމެންނަށް ތާށިކުރުމުގެ މާނައަކީ ސިޓީކައުންސިލް މިބޭނުންކުރަނީ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ރައްޔިތުން ރުޅިއަރުވާ ސަރުކާރާއި ރައްޔިތުންގެ ޖެއްސުމުގެ ގޮތުން ބޭނުންކުރާ ޓޫލެއްގެ ގޮތުގައި" ޝަރީފް ވިދާޅުވިއެވެ.
ޝަރީފް އިތުރަށް ވިދާޅުވީ ބިލް ނުދައްކާތީވެ ބިލް ދެއްކޭނެ ގޮތުގެ ޝެޑިއުލެއް ހެދުމަށް ސްޓެލްކޯއިން ވަނީ ސިޓީކައުންސިލާއި ބައްދަލުކޮށް މަޝްވަރާ ކުރުމަށް އެދިފައިކަމާާއި އެހެންނަމަވެސް އެކަމަށް އަދި ޖަވާބެއް ލިބިފައިނުވާކަމަށެވެ.
މީގެއިތުރުން ސްޓެލްކޯއިން ރައްޔިތުންނަށް ޚދުމަތް ކޮށްދިނުމަށް ކޮށްދޭން ޖެހޭ ކަންކަންކަމުގައި ސިޓީކައުންސިލުގެ އެއްބާރުލުން ނުލިބޭކަމަށާއި "ސްޓެލްކޯއަށް ތިކަން ކޮށްދޭ ގޮތަކަށް ނޫން އޮންނަނީ" ނުވަތަ "ސްޓެލްކޯގެ އެމްޑީ މޭޔަރ އަށް ނުވަތަ ވަކި ބޭފުޅަކަށް ގުޅީމައޭ ތިކަން ވާނީ" ފަދަ ޖަވާބު ދެމުން ގެންދާކަމަށެވެ.
ވޯޓް ފޭރުނުބޮޑު ވަގު
ރޗޝަރީފުގެ ޖީބައް ފައިސާ ނުވައްނާތީ ޖޭވަނީ ދޯ މި ނުލަފާ ޖައްބާރު ކިބައިން ޤައުމު ސަލާމަށް ވަނެ ދުވަހެއް ދައްކާށި.