މެދުއިރުމަތި ދުނިޔެ

ޣައްޒާގެ ހަނގުރާމައިން ފިލައިގެން ތުރުކީއަށް، ބިންހެލުމުގައި އާއިލާގެ އެކަކުވެސް ސަލާމަތެއް ނުވި

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ADANA, TURKIYE - FEBRUARY 06: A person is rescued from the wreckage of a building during search and rescue efforts after a 7.4 magnitude earthquake hit southern provinces of Turkiye, in Adana, Turkiye on February 6, 2023. The 7.4 magnitude earthquake jolted Turkiye's southern province of Kahramanmaras early Monday, according to Turkiye's Disaster and Emergency Management Authority (AFAD). It was followed by a magnitude 6.4 quake that struck southeastern Gaziantep province. A third earthquake with a 6.5 magnitude also hit Gaziantep. Earthquakes had affected several provinces including, Osmaniye, Malatya, Adiyaman, Adana, Diyarbakir, Kilis and Sanliurfa. (Photo by Eren Bozkurt/Anadolu Agency via Getty Images)

ޣައްޒާގެ ހަނގުރާމައިން ފިލައިގެން ތުރުކީއަށް ހިޖުރަކުރި ފަލަސްތީނުގެ އާއިލާއެއް ތުރުކީއަށް އައި ބާރުގަދަ ބިންހެލުމުގައި މަރުވެއްޖެއެވެ.

Ads by Sosun Fihaara

ފަލަސްތީނުގެ ޣައްޒާގެ ހަނގުރާމައާއި ފަޤީރުކަމުން ސަލާމަތްވުމަށްޓަކައި މީގެ ބާރަ އަހަރުކުރިން އަބްދުލް ކަރީމް އަބޫ ޖަލްހޫމް ވަނީ ތުރުކީއަށް އޭނާގެ އާއިލާ ގޮވައިގެން ފިލައިގެން ގޮސްފައެވެ. އެހެންނަމަވެސް މިދިޔަ ހޯމަ ދުވަހު ތުރުކީ އާއި ސީރިއާގެ ބައެއް ސަރަހައްދުތަކަށް އައި ބާރުގަދަ ބިންހެލުމުގައި އޭނާ އާއި އޭނާގެ މުޅި އާއިލާ ވަނީ މަރުވެފައެވެ.

ފަލަސްތީނުގެ ޚާރިޖީ ވުޒާރާއިން ބުނީ މަރުވެފައި އޮއްވައި ފެނުނު ފަލަސްތީނުގެ 70 މީހުންގެ ތެރޭގައި އަބޫ ޖަލްހޫމާއި އޭނާގެ އަންހެނުން ފާތިމާ އާއި އެ މީހުންގެ ހަތަރު ދަރިން ހިމެނޭ ކަމަށެވެ.

އަބޫ ޖަލްހޫމް އަކީ ޣައްޒާގައި ޓެކްސީ ޑްރައިވަރެއްގެ ގޮތުގައި މަސައްކަތް ކުރި މީހެކެވެ. ނަމަވެސް 2010 ވަނަ އަހަރު ތުރުކީއަށް އޭނާ ދިޔައީ ހަނގުރާމައާއި ފަގީރު ކަމުން އާއިލާ ސަލާމަތްކޮށް އުފާވެރިކަމާއެކު ހިތްހަމަޖެހޭ މާހައުލެއް އާއިލާއަށް ހޯދައިދިނުމަށެވެ. ތުރުކީގައި އޭނާ މަސައްކަތް ކުރީ އަންތަކްޔާގެ ލަކުޑި ފެކްޓްރީއެއްގައެވެ.

ތުރުކީގައި އުމުރުން 50 އަހަރުގެ އަބޫ ޖަލްހޫމް އޭނާގެ އަނބިމީހާ 33 އަހަރުގެ ފާތިމާ އާއި އެ މީހުންގެ ދަރިން ކަމަށްވާ 16 އަހަރުގެ ނައުރާ 11 އަހަރުގެ ބާރާ އާއި 9 އަހަރުގެ ކެންޒީ އަދި 3 އަހަރުގެ މުހައްމަދު ވަނީ ދާދިފަހުން އެމީހުންގެ އާ އެޕާޓްމެންޓަކަށް ބަދަލުވެފައިކަމަށް އަބޫ ޖަލްހޫމް ގެ މަންމަ މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.

ސޫރިޔާގެ ބޯޑަރު ކައިރީގައި އޮންނަ ތުރުކީގެ ދެކުނުއިރުމަތީ ސަރަޙައްދަށް މިމަހުގެ 6 ވަނަ ދުވަހު ހެނދުނު އައި ބާރުގަދަ ބިންހެލުމުގައި 15،000 އަށްވުރެ ގިނަ މީހުން މަރުވެ އެތައް ހާސް ބަޔަކު ވަނީ ޒަހަމްވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!