އާދިލް ވަނީ އަހަރެންގެ ބަރަހަނާ ވީޑިއޯ ނެގުމަށްފަހު ވިއްކާފައި:ރާކީ
ބޮލީވުޑްގެ ތަރި ރާކީ ސާވަންތުގެ ފިރިމީހާ އާދިލް ހާން ދުރާނީ އާމެދު އަނެއްކާވެސް އިތުރު ތުހުމަތު ތަކެއް ރާކީ ކޮށްފިއެވެ.
ރާކީއަށް އަނިޔާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އޭނާގެ ފިރިމީހާ އާދިލް ވަނީ ރާކީގެ ބަރަހަނާ ވިޑިއޯ ނެގުމަށްފަހު ވިއްކާފައިކަމަށް އާދިލްގެ މައްޗަށް މިހާރު ހިނގަމުންދާ މައްސަލާއި ގުޅިގެން ރާކީ ވަނީ ބުނެފައެވެ. މިމައްސަލައިއާއި ގުޅިގެން ރާކީގެ ވަކީލު ބުނީ އާދިލްއާއި ދެކޮޅަށް އިތުރު ހެކި ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނަ ކަމަށާއި ރާކީ އެއްބާރުލުން ދެމުން އަންނަ ތީ ވަރަށް އަވަހަށް އޭނާގެ މައްޗަށް ކޯޓުގައި ވަރުގަދަ މައްސަލައެއް ހުށަހަޅާނެ ކަމަށެވެ.
ރާކީ ބުނިގޮތުގައި އާދިލް ވަނީ ރާކީ ފައިސާތަކާއި ގަހަނާތައް ވެސް ވަގަށް ނަގާފައެވެ. އަދި އާދިލްވަނީ ރާކީ އަށް އަނިޔާކޮށް އޮޅުވާލާފައެވެ. އެހެންކަމުން އޭނާ ކަފާލާތުގެ ދަށުން މިނިވަންވެގެންވެސް ނުވާނެކަމަށާއި ރާކީ ބޭނުންވަނީ އިންސާފުކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
މިކަމާބެހޭގޮތުން ރާކީގެ ލޯޔަރުންގެ ޓީމުން ބުނެފައިވާގޮތުން އާދިލް އަށް ކަފާލާތު ނުލިބުމުގެ ސީރިއަސް ހެކިތަކެއް އެބަހުއްޓެވެ. އެގޮތުން 1.5 ކްރޯޑް ރުޕީސްގެ ހިޔާނާތަކީ ވަރަށް ބޮޑު ކުށެއް ކަމަށާއި މި މައުޟޫއަށް ކޯޓުގައި ވެސް ވާހަކަ ދައްކާނެ ކަމަށެވެ. އަދަބަށް ވިސްނާނީ އަޑުއެހުމުގައި މައުޟޫއު ގެނައުމަށްފަހުގައި ކަމަށްވެސް ރާކީގެ ލޯޔަރުންގެ ޓީމުން ވަނީ ބުނެފައެވެ.
ފިރިމީހާ އާދިލްގެ މައްޗައް ރާކީ ވަނީ އިތުރު ގިނަ ތުހުމަތުތަކެއްވެސް ކޮށްފައެވެ.
މިގޮތުން ރާކީގެ މަންމަގެ ބޭސް ފަރުވާއަށް ބޭނުންވާ ފައިސާ ނުދިނުމާއި އެކަމުގެ ސަބަބުން ކޮންމެހެން ކުރަންޖެހޭ އޮޕަރޭޝަނެއް ނުކުރެވި އޭނާގެ މަންމަ މަރުވިކަމަށް ރާކީ ވަނީ ބުނެފައެވެ. ރާކީ ބުނި ގޮތުގައި ފިރިމީހާ އާދިލް މިހާރު އުޅެނީ އޭނާ ދޫކޮށްލުމަށްފަހު އޭނާ ގެންގުޅޭ ލޯބިވެރިޔާގެ ގެއަށް ބަދަލުވެފައެވެ.
މީގެ އިތުރުން ރާކީ ބުނި ގޮތުގައި އާދިލް ވަނީ ބޮލީވުޑަށް ވަނުމަށް ރާކީގެ ބޭނުންކޮށްފައެވެ. އަދި ރާކީގެ ހުރިހާ ފައިސާއެއްވެސް ވަނީ އާދިލް ނަގާފައިކަމަށާއި އެކަމުގެ ހެކި އެބަހުރި ކަމަށް ރާކީ ވަނީ ބުނެފައެވެ. އަދި އާދިލް ދަނީ އެކި ގޮތްގޮތުން އޭނާއަށް އަނިޔާ ކުރަމުން ކަމަށްވެސް ރާކީ ވަނީ ބުނެފައެވެ.
އެބައެއްގެ ކަމަކީމުސްލިމުން ބަދުނާމް ކޮއް އަގު ވައްޓާލުން . ރަނާ ގެދޮރު ދިން ވާހަކައަކީ ވެސް ދެމީހުން އެކުގަ ތިބެ އާދިލް ދިން ކަމަށް ބުނާއެއްޗެހި . ރާކީ އަށް ބިގްބޮސްގަ މަސައްކަތް ކޮއްގެން ފައިސާ ތަކެއް ލިބިފަ ހުރެދާނެ . އެނައަށް މިއަދު މަސައްކަތް ދޭނެ މީހަކު ނެތް ލަވައަކުން ވެސް ފިލްމަކުން ވެސް އެފަދަ އަބަދެއް ނެތި މަގުމަތީގިނަ ވެގެން އުޅޭމީހުން ގެންދާނީ ޑީއާރު ޕީ މަތި ކުރަން ބިގްބޮސް އަށް . ތިކިޔާރާކީއަށް ތިނޫން ވަރެއް ވޭތަ ؟ ކޮންމެ މީހެއްގެ ބޮލުގަ ބަދުނާމް އަޅުވާނެ . އޭނަގެ ބަރަހަނާފޮޓޯނަގާކަށް ނުޖެހޭ މިއަދު ވިއްކައިގެން އިތުރު އެއްޗެއް ނުލިބޭނެ . މުސްކުޅި އެއްގެ ފޮޓޯ އެއް ނުގަންނާނެ . އޭނަގެ މަގްސަދަކީ މުސްލިމުން ގެ އަގު ވައްޓާލުން . މުސްލިމެއްނަމަ ޖީސަސް ގެ ވާހަކަ ދައްކާކަށް ނުޖެހޭނެ .
އޭނަ ބޭނުން ވަނީ ޕީޕީއެމް މަތި ކުރަން
މަ ދަންނަށް ތި ރާކީ. ކައްކަން ނުކުރެގިން މި ގޭގަ ހުންނަ ގަރުދިޔަ ކޮޅު ގެންދާނީ އާދިލަށް ދޭން.