މެދުއިރުމަތި ދުނިޔެ

ތުރުކީ-ސީރިއާ ބިންހެލުން: 15 ގެއިން ސަލާމަތް ކުރެވުނީ އެންމެ 3 މީހުން

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ADANA, TURKIYE - FEBRUARY 06: A person is rescued from the wreckage of a building during search and rescue efforts after a 7.4 magnitude earthquake hit southern provinces of Turkiye, in Adana, Turkiye on February 6, 2023. The 7.4 magnitude earthquake jolted Turkiye's southern province of Kahramanmaras early Monday, according to Turkiye's Disaster and Emergency Management Authority (AFAD). It was followed by a magnitude 6.4 quake that struck southeastern Gaziantep province. A third earthquake with a 6.5 magnitude also hit Gaziantep. Earthquakes had affected several provinces including, Osmaniye, Malatya, Adiyaman, Adana, Diyarbakir, Kilis and Sanliurfa. (Photo by Eren Bozkurt/Anadolu Agency via Getty Images)

ހޯމަ ދުވަހުގެ ފަތިހު 4:17 ހާއިރު ތުރުކީ އާއި ސީރިއާގެ ސިޓީތަކަށް އައި ބިންހެލުމާއި އާފްޓާޝޮކްތަކުގެ ސަބަބުން ބިމާހަމަވެފައިވާ އިމާރާތްތަކުގެ ދަށުން އަދިވެސް މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ހުއްޓާނުލާ ކުރަމުން އަންނަ އިރު ދިރި ތިބި މީހުން ފެނުމުގެ އުއްމީދު ދަނީ ފަނޑުވަމުންނެވެ.

Ads by Sosun Fihaara

އިމާރާތްތަކުގެ ދަށުން ތާށިވެފައިވާ މީހުން ސަލާމަތަށް އެދި ގޮވާ އަޑު ކުރިން އިވުނު ނަމަވެސް މިހާރު އެއަޑުތައް އިވުން މަދުވެފައިވާކަމަށް އޮފިޝަލުން ބުނެއެވެ.

ވެއްޓިފައިވާ އިމާރާތަކުގެ ތެރެއިން މީހުން ނެގުމުގެ މަސައްކަތުގައި 15 އެޕާޓްމަންޓް ހިމެނޭ އިމާރާތެއްގެ ދަށުން މީހުން ނެގުމުގެ މަސައްކަތުގެ ތެރެއިން އެންމެ 3 މީހުން ސަލާމަތް ކުރެވުނު ހާދިސާ އަކީ ހިތްދަތި ހާދިސާއެކެވެ.

މިއީ ސީޑާ އާއި އޭނާގެ އާއިލާ ދިރިއުޅެމުން އަންނަ އިމާރާތުގެ ވާހަކައެވެ.

އެ ސަރަހައްދުގައި އުޅޭމީހުން ބުނި ގޮތުގައި ވެއްޓިފައިވާ ފާރުތަކުގެ ދަށުން ސީޑާގެ އަޑުއިވުނެވެ. އަދި އޭނާގެ ހާލު ރަނގަޅުކަމަށް އޭނާ ބުނިކަމަށް އެމީހުން ބުނި ނަމަވެސް އޭނާގެ އެއްވެސް ހިލަމެއްނެތް ކަމަށާއި ސީޑާގެ އަޑު އިވުނު ކަމަށް އެމީހުންނަށް ހީވި ނަމަވެސް އެއީ ކުށް ހީއެއް ކަމަށެވެ.

އެގޮތުން ހުކުރު ދުވަހާއި ހަމައަށްވެސް ސީޑާގެ އެއްވެސް ހަބަރެއް ނުވާކަމަށް އޮފިޝަލުން ވަނީ ޔަގީން ކޮށްދީފައެވެ. އެގޮތުން މުޅި އިމާރާތުންވެސް ސަލާމަތް ކުރެވިފައިވަނީ އެންމެ 3 މީހުން ކަމަށް އޮފިޝަލުން ވަނީ ޔަގީން ކޮށްދީފައެވެ.

ތުރުކީ އާއި ސީރިއާގެ ހުޅަނގު އުތުރަށް، ފާއިތުވި 20 އަހަރުގެ ތެރޭގައި އައި އެންމެ ނުރައްކާތެރި ބިންހެލުމުގެ ގޮތުގައި ރިކޯޑް ކުރެވިފައިވާ މި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 23،700 އަށް ވުރެ މައްޗަށް އަރައިފައިވާ ކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ.

ތުރުކީގެ ހުޅަނގު އުތުރުގައި 1999 ވަނަ އަހަރު އައި ބާރުގަދަ ބިންހެލުމުގައި 17،000 އަށް ވުރެ ގިނަ މީހުން މަރުވިއެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!