މެދުއިރުމަތި ދުނިޔެ

ތުރުކީ-ސީރިއާ ބިންހެލުން: މަރުވެފައިވާ މީހުންގެ ހަށިތަކުން އަރަމުންދާ  "ކުނިވަސް" ފެތުރެންފަށައިފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

މިމަހުގެ 6 ވަނަ ދުވަހު ތުރުކީ އާއި ސީރިއާއަށް އައި ބާރުގަދަ ބިންހެލުމުގައި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން މަރުވެފައިވާ މީހުން ފެންނަމުންދާއިރު ދިރި ހުރި މީހުން މިހާރުވަނީ ނާދިރު ކަމަކަމަށްވެފައެވެ. އެހެންނަމަވެސް މީހުން ހޯދުމުގެ މަސައްކަތް ރެސްކިއު ޓީމުތަކުން ކެނޑިނޭޅި ކުރަމުން އަންނަ ކަމަށާއި ނަމަވެސް ދިރިހުރި މީހަކު ފެނުމަކީ "އަޖައިބެއް" ކަމަށް އެސަރައްދުގައި ހަރަކާތެރިވަމުން އަންނަ ބައިނަލްއަގުވާމީ ނޫސްވެރިން ދަނީ ބުނަމުންނެވެ.

Ads by Sosun Fihaara

އެސަރައްދުގައި ހަރަކާތެރިވަމުން އަންނަ އަލްޖަޒީރާގެ ނޫސްވެރިންބުނެފައިވާގޮތުގައި މަރުވެފައިވާ މީހުންގެ ހަށިތަކުން އަރަމުން އަންނަ "ކުނި ވަސް" މިހާރު އެސަރަހައްދުގައި ދަނީ ފެތުރެމުންނެވެ.

""އަޅުގަނޑުމެންނަށް އެތައް ބައެއްގެ ހަށިތައް ނެގިތަން ފެނުނު އަދިވެސް އެތައް ބަޔަކު ގެއްލިގެން ހޯދަމުން އެބަދޭ. މީހުން ސަލާމަތް ކުރުމުގައި ހަރަކާތެރިވަމުން އަންނަ ފަރާތްތަކަށްވެސް މިހާރު އެނގޭ މީހުން ސަލާމަތް ކުރުމުގެ އުއްމީދު ގާތްގަޑަކަށް ގެއްލިފައިވާކަން" އަލްޖަޒީރާގެ ރިޕޯޓަރު ބުނެފައިވެއެވެ.

ތުރުކީ އާއި ސީރިއާއަށް އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު މިހާރު 24،000 ފަހަނައަޅައި ގޮސްފައިވާއިރު މީގެ ތެރެއިން 20,665 މީހުންނަކީ ތުރުކީ މީހުންނެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!