މެދުއިރުމަތި ދުނިޔެ

104 ގަޑިއިރު އިމާރާތްތަކުގެ ދަށުގައި، ސަލާމަތް ކުރިތާ އެއްދުވަސްފަހުން މަރު!

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ތުރުކީގެ ދެކުނުގައި ހޯމަ ދުވަހު އައި ބިންހެލުމާ ގުޅިގެން ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި  104 ގަޑިއިރު ވަންދެން ތާށިވެފައި އޮތް އަންހެނަކު ސަލާމަތް ކުރިތާ އެއްދުވަސް ފަހުން މަރުވެއްޖެއެވެ.އޭނާ މަރުވެފައިވަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ކަމަށް ރިޕޯޓްތައް ބުނެއެވެ.

Ads by Sosun Fihaara

އުމުރުން 40 އަހަރުގެ ޒެއިނެޕް ކަހްރާމަން ތާށިވެފައިވާ އިމާރާތުގެ ދަށުން އޭނާ ސަލާމަތްކޮށްފައިވަނީ އިއްޔެ ޖަރުމަނުގެ ރެސްކިއު ޓީމުގެ އޮފިޝަލުންނެވެ.

ފާއިތުވި އަހަރުތަކުގައި އެ ސަރަހައްދަށް އައި އެންމެ ނުރައްކާތެރި ބިންހެލުމަށް 5 ދުވަސް ވެފައިވާއިރު  ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން ދިރިތިބި މީހުން ފެނުމުގެ އުއްމީދު ދަނީ ފަނޑުވަމުންނެވެ. އެހެންނަމަވެސް މީހުން ހޯދުމުގެ މަސައްކަތް ކުރަމުން ދިޔަ ސާޗް އެންޑް ރެސްކިއު ޓީމަށް ޒެއިނެޕް ފެނި ސަލާމަތްކުރެވުމަކީ "އަޖައިބެއް" ކަމަށް އެ މީހުން ވަނީ ސިފަކޮށްފައެވެ.

އެހެންނަމަވެސް އޭނާ މަރުވި ކަން މިހާރު ވަނީ ޓީމަށް އަންގައި އެކަން "ޕްރޮސެސް" ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެއެވެ.ރެސްކިއު ޓީމުގައ ހަރަކާތްތެރިވާ ޑޮކްޓަރުން ބުނާ ގޮތުގައި މިފަދަ ކޮމްޕްލިކޭޓެޑް ރެސްކިއު އޮޕަރޭޝަނަށްފަހު ފުރަތަމަ 48 ގަޑިއިރުގެ ތެރޭގައި ނުރައްކާ ތައް ވަރަށް ބޮޑު ކަމަށެވެ.

ޖަރުމަނުގެ ރެސްކިއު ޓީމުގެ މީހުންނަށް ޒެއިނެފް ފެނިފައިވަނީ އިމާރާތްތަކުގެ ވަރަށް އަޑީގައި އޮއްވައެވެ. އަދި އޭނާއަށް ކާނާއާއި އޮކްސިޖަން ވަނީ ހޮޅިއެއްގެ ޒަރީއާއިން ފޯރުކޮށްދީފައެވެ. ރެސްކިއު އޮޕަރޭޝަނަށް ފަހު އޭނާ ސަލާމަތް ކޮށްގެން ގެންދިޔަ ވީޑިއޯތައް މިހާރު ދަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!