އަބްދުއްސަމަދު ވީތަނެއް ހޯދައި، އޭނާގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރަން ގޮވައިލައިފި
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް)ގެ ހުޅުމާލެ ދާއިރާގެ ރައީސް އަބްދުއްސަމަދު ވީތަނެއް ހޯދައި، އޭނާގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމަށް އިދިކޮޅުން ގޮވައިލައިފިއެވެ.
އިދިކޮޅުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، އަބްދުއްސަމަދު އޭނާގެ ޢާއިލާއާއެކުގައި އިންޑިއާގެ ބެންގަލޫރަށް ދަތުރު ކުރައްވައި، އެތަނުގައި ހުންނަވަނިކޮށް، ވީނުވީއެއް ނޭނގި، އިންޑިއާގެ އިމިގްރޭޝަންގެ ބެލުުމުގެ ދަށަށް ގެންގޮސްފައިވާ ކަަމަށެވެ.
އޭގެ ފަހުން އޭނާގެ ޢާއިލާއަށްވެސް، އަދި ޕީޕީއެމަށްވެސް އޭނާގެ ޚަބަރެއް ނުވާ ކަމަށް ބަޔާނުގައިވެއެވެ.
"އިއްޔެގެ ވަގުތެއްގައި އަބްދުއްސަމަދު ފޭސްބުކަށް ދޫކޮށްލައިފައިވާ ވީޑިއޯއަކުން އެނގޭގޮތުގައި ޕާސްޕޯޓް މައްސަލައެއް އުޅޭ ކަމަށް ބުނެ، އިންޑިއާގެ އިމިގްރޭޝަނަށް ހާޒިރު ކުރިކަން އެނގެން އެބައޮތެވެ. އަދި އިންޑިއާއިން މިއަދު މެންދުރު މާލެ އަންނަ ފްލައިޓަކުން މާލެ ފޮނުވާލާ ކަަމަށް އަބްދުއްސަމަދުގެ ގާތް ރަޙްމަތްތެރިންގެ ފަރާތުން މަޢުލޫމާތު ލިބުނު ނަމަވެސް، މިއަދުގެ އެއްވެސް ފްލައިޓަކުން މާލެ ގެނެވިފައެއް ނުވެއެވެ."
އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އަބްދުއްސަމަދު ގެއްލުނު މައްސަލައިގައި އިދިކޮޅު ކޯލިޝަނުން ފޮރިން މިނިސްޓްރީއާ ޖެންޑަރ މިނިސްޓްރީއަށާއި، ހިއުމަންރައިޓްސް ކޮމިޝަނަށް ސިޓީ ފޮނުވައިފައިވާ ކަަމަށެވެ. އަދި އޭނާއާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު އިންޑިއާ ސަރުކާރާ ގުޅިގެން ހޯދައި، އެ މަޢުލޫމާތު ވީހައިވެސް އަވަހަށް ފޯރުކޮށްދިނުމަށްވެސް ވަނީ އެދިފައެވެ.
އިދިކޮޅުން ބުނީ އިންޑިއާގެ އިމިގްރޭޝަނަށް އަބްދުއްސަމަދު ގެންދިޔައީ ދަރިފުޅު ބަލިވެގެން ޑޮކްޓަރަށް ދެއްކުމަށް މަނިޕާލް ހޮސްޕިޓަލުގައި ހުއްޓާ ކަމަށެވެ. އަދި މިކަމާ ގުޅިގެން އޭނާގެ އަނބިމީހާއާ ދަރިފުޅަށްވެސް ސިހުން ލިބިފައިވާ ކަަމަށް އިދިކޮޅުން ވަނީ ފާހަގަކޮށްފައެވެ.
ތިހުރީ ނިކަމެތި ޖާހިލުންނަށް ކަލޭމެންދޭ ލަޑެވެ. އަދިވެސް އިންޑިޔާ އައުޓް އޭ ކިޔައިގެން މީހުން ގުނބޯ ހައްދުވާފައި އަނެއްދުވަހު މިޖެހެނީ އެމީހުން ފައިބުޑަށް ދާށެވެ. ދެން ހޭރޭނެކަމެއް ނެތެވެ.
ތިބާގެ ތި އިބާރާތުން އެނގެނީ ތިބާގެ އިންސާނިއްޔަތުކަމުގައި ރެނދުއަޅާފައިވާވަރު! ތިބާގެ ރަހުމުގެ ޚަޒާނާގައި ފޫގސްފައިވާކަން! އެހެނީ އިންސާނަކަށް، މުސްލިމު އަޚަކަށް ޖެހުނު މުސީބާތަށް ތިބާގެ އަގަލެއް ކުލުނެއް،، ރަހުމެއް ހަމްދަރުދީއެއްނެތެވެ!
ސަމަދުބެ ވަގަށްނެގުވުމަކީ މިސަރުކާރުން ހިންގި ވ ބޮޑު ޖަރީމާއެއް ދިވެހިންއިންޑިޔާއިން ގެއްލި އިންޑިޔާމީހުން ރައްޖެއިންގެއްލޭކަމަށްވާނަމް ގިސްފެށެއ