ޚަބަރު ސިޔާސީ

އިންޑިއާއިން ޑީޕޯޓްކޮށްލި ސަމަދުބެ ރާއްޖެ އަތުވެއްޖެ

ރައުފާ ރަޝީދު ، ދެން އޮންލައިން

އިންޑިއާގެ ބެންގަލޫރަށް ބޭސް ފަރުވާއަށް ގޮސް ހުއްޓާ އެ ގައުމުގެ އިމިގްރޭޝަނުން ހައްޔަރު ކުރި ޕީޕީއެމްގެ ހުޅުމާލޭ ދާއިރާގެ ރައީސް، ޢަބްދުއްޞަމަދު (ސަމަދުބެ) ޑީޕޯޓުކޮށްލައިފިއެވެ.

Ads by Sosun Fihaara

ސަމަދުބެ އިންޑިއާއަށް ގޮސްފައިވަނީ ބޭސްފަރުވާއަށް އާއިލާއެކުގައެވެ. ސަމަދުބެގެ އާއިލާއަށް އިންޑިއާގައި ބޭސްފަރުވާގެ ހުއްދަދިން ނަމަވެސް ސަމަދުބެ ޑީޕޯޓްކޮށްލަން ނިންމާފައިވަނީ މި މަހުގެ 11ވަނަ ދުވަހުއެވެ. ސަމަދުގެ ހައްޔަރުކޮށްގެން ގެންގޮސްފައިވަނީ އިންޑިއާގެ މަނިޕާލް ހޮސްޕިޓަލުގައި ހުއްޓާ ކަމަށް ޕީޕީއެމްގެ އޮފިޝަލުންނާ ހަވާލާދީ ނޫސްތަކުން ރިޕޯޓްކޮށްފައިވެއެވެ.

ސަމަދުބެއަކީ އިދިކޮޅުން ހިންގަމުން އަންނަ އިންޑިއާ އައުޓް ކެންޕެއިންގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ ފަރާތެކެވެ. އެގޮތުން އިންޑިއާގެ ހައި ކޮމިޝަނަރު އުޅުއްވާ ގެކޮޅު ކައިރީ ކުރި ބައެއް މުޒާހަރާތަކުގައި ވެސް ސަމަދުބެ އިސް ސަފުގައި ހަރަކާތްތެރިވެފައިވެއެވެ. ބައެއް މުޒާހަރާތަކުން ސަމަދުބެ ފުލުހުންގެ ހައްޔަރަށް ވެސް ގެންދެއެވެ.

ސަމަދު މިއަދު ރާއްޖެ އައުމުން ޕީޕީއެމްގެ އެކްޓިވިސްޓުންތަކެއް ވަނީ މަރުހަބާ ކިޔަން އެއާޕޯޓަށް ގޮސްފައެވެ. ޕީޕީއެމް އިން އެއީ  އިންޑިއާ ސަރުކާރުން ހިންގާފައިވާ ލާއިންސާނީ ޢަމަލެއް ކަމަށެވެ.

Ads by HDC
  1. އަދުހަމް

    ކިރިޔާވެސް އިދިކޮޅު ޚިޔާލުގެ މީހަކު އިންޑިއާއަށް ނުދިއުން . ބުއްދިވެރި. ގޮސްފިނަމަ މޯދީގެ އަނިޔާވެރިކަމާ ކުރިމަތިލާން ޖެހޭނެ. މުސްލިމުންނަށް ވީމާވެސް އަނިޔާވެރިކަން ހައްދުފަހަނަ އަޅާނެ

  2. އަލީ ބިން ޔޫސުފް

    އަވަހަށް އިންޑިޔާއައުޓް ޓީސާރޓް ވައްޓާލައިގެން އިންޑިޔާ އެމްބަސީ ދޮށަށް ދުވާށެވެ.

  3. ޙަމަރަނގަޅައް ތިހެދީ ފޮނިދެއްކިއްޖެއެއްނު އިންޑިއާ އައް ނުގޮސްވާނަމަ ރަނގަޅު

  4. އިއްޔެ

    އިންޑިއާއައުޓްް ކިޔަސްް ބޭސްފަރުވާކުރަންދިޔާމަަ ހިފަހައްޓާކާއްނުޖެހޭޭ އެމީހެއްގެެ ވިސްނުން

  5. އައުޓް

    އިންޑިއާ އައުޓް މޮދީ އައުޓް އިންޑިއާ އައުޓް މޮދީ އައުޓް އިންޑިއާ އައުޓް މޮދީ އައުޓް އިންޑިއާ އައުޓް މޮދީ އައުޓް އިންޑިއާ އައުޓް މޮދީ އައުޓް އިންޑިއާ އައުޓް މޮދީ އައުޓް އިންޑިއާ އައުޓް މޮދީ އައުޓް އިންޑިއާ އައުޓް މޮދީ އައުޓް އިންޑިއާ އައުޓް މޮދީ އައުޓް އިންޑިއާ އައުޓް މޮދީ އައުޓް އިންޑިއާ އައުޓް މޮދީ އައުޓް އިންޑިއާ އައުޓް މޮދީ އައުޓް އިންޑިއާ އައުޓް މޮދީ އައުޓް އިންޑިއާ އައުޓް މޮދީ އައުޓް އިންޑިއާ އައުޓް މޮދީ އައުޓް އިންޑިއާ އައުޓް މޮދީ އައުޓް އިންޑިއާ އައުޓް މޮދީ އައުޓް އިންޑިއާ އައުޓް މޮދީ އައުޓް އިންޑިއާ އައުޓް މޮދީ އައުޓް އިންޑިއާ އައުޓް މޮދީ އައުޓް އިންޑިއާ އައުޓް މޮދީ އައުޓް އިންޑިއާ އައުޓް މޮދީ އައުޓް އިންޑިއާ އައުޓް މޮދީ އައުޓް އިންޑިއާ އައުޓް މޮދީ އައުޓް އިންޑިއާ އައުޓް މޮދީ އައުޓް އިންޑިއާ އައުޓް މޮދީ އައުޓް އިންޑިއާ އައުޓް މޮދީ އައުޓް

  6. ގަލްގަޑް

    އިންޑިޔާ އައުޓު ނުކިޔޭނެ. މޯދީއައުޓު ކިޔަސް، އިންޑިޔާ އަކީ ދިވެހިން ފަހަތުން އުޅޭ އެއް ބިލިއަން މީހުން ނެއް ނޫ ނެވެ.

    ދިވެހިންނާ ގުޅޭ އޯގާތެރި ބަޔަކުވެސް އުޅޭ. މުސްލިމުން ވެސް.

  7. ޢަޒީ

    ސަމަދުބެ މާ ބަލާ ބޮޑުވަންނާ ވާނީ އެހެން.. މިފަހަރު ސަމަދުބެ މާރީއްޗައް ވެސް އައުޓު ވެއްޖެ..

  8. މިހާރު މިއީ އިންޑިޔާގެ ދެވަން ކަޝްމީރުތޯ ؟ ކަންނައްނޫރު ރާޖާގެ އެހީ ލިބިގެން ކުރީ ޒަމާނުގައި ރަސްރަސްކަލުން ވެސް އުޅުނު !