ޚަބަރު ސިޔާސީ

ރައީސް ޔާމީނަށް އެންމެ ރަނގަޅު ގޮތަކީ ރައީސް ޞާލިޙަށް ދެވަނަ ދައުރެއް ލިބޭތޯ ދުޢާ ކުރުން: ޖާބިރު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު--

އިދިކޮޅު ލީޑަރު، ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް މިހާރު އޮތް އެންމެ ރަނގަޅު ގޮތަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ވެރިކަމުގެ ދެވަނަ ދައުރެއް ލިބޭތޯ ދުޢާ ކުރެއްވުން ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރު ވިދާޅުވެއްޖެއެވެ.

Ads by STELCO

ރާއްޖެ ޓީވީގައި ވާހަކަ ދަައްކަވަމުން އޭނާ ވިދާޅުވީ ރައީސް ޔާމީނަށް ދެން ރާއްޖޭގެ ވެރިކަމެއް ނުލިބޭނެ ކަމަށާއި، އެ މަނިކުފާނަށް ތާއީދު ކުރާ ރައްޔިތުންނަށްވެސް އެކަން އެނގޭނެ ކަމަށެވެ. އަދި މިވަގުތު ރަނގަޅު ގޮތަކީ ޔާމީން ވެސް ޖަލުގައި ބަސް އަހައިގެން އިނދެ ރައީސް ސޯލިހަށް ދެވަނަ ދައުރެއް ލިބޭތޯ ދުއާކުރުން ކަމަށް ޖާބިރު ވިދާޅުވިއެވެ.

"އަޅުގަނޑުގެ ނަސޭހަތަކީ ޔާމީން ވެސް ބަސް އަހައިގެން މި ލިބުނު ފުރުސަތުގައި ޖަލުގައި އިންނަވައިގެން ގުރުއާން ކިޔަވައިގެން ﷲ އަށް ދުއާކުރައްވައިގެން، ރައީސް ސޯލިހު ހޮވޭތޯ ދުއާކުރައްވާށޭ. އޭރުންނޭ އަވަހަށް މިނިވަން ވާނީ." ޖާބިރު ވިދާޅުވިއެވެ.

ރައީސް ޔާމީންއަށް 11 އަހަރުގެ ޖަލު ޙުކުމެއް އިއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އެ މަނިކުފާނަކީ އިދިކޮޅު މައި ޕާޓީ، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓެވެ.

މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 09 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި އެ މަނިކުފާނަށް ވާދަ ކުރެއްވޭނެ މަގު ފަހި ކުރުމަށް، އެ މަނިކުފާނު މިނިވަން ކުރުމުގެ މަސައްކަތް ހުއްޓައިނުލާ ކުރަމުންދާނެ ކަމަށް އިދިކޮޅުން ބުނެއެވެ. އެގޮތުން ރައީސް ޔާމީންގެ މައްޗަށް އިއްވި ޙުކުމް ވަރަށް އަވަހަށް ހައި ކޯޓުގައި އިސްތިއުނާފު ކުރުމަށް އެ މަނިކުފާނުގެ ޤާނޫނީ ވަކީލުން ދަނީ ތައްޔާރުވަމުންނެވެ.

 

Ads by HDC
  1. އައުޓް

    ލޮލީ ޖާބިރު އައުޓް ބޮޑުވަގު އައުޓް ލޮލީ ޖާބިރު އައުޓް ބޮޑުވަގު އައުޓް ލޮލީ ޖާބިރު އައުޓް ބޮޑުވަގު އައުޓް ލޮލީ ޖާބިރު އައުޓް ބޮޑުވަގު އައުޓް ލޮލީ ޖާބިރު އައުޓް ބޮޑުވަގު އައުޓް ލޮލީ ޖާބިރު އައުޓް ބޮޑުވަގު އައުޓް ލޮލީ ޖާބިރު އައުޓް ބޮޑުވަގު އައުޓް ލޮލީ ޖާބިރު އައުޓް ބޮޑުވަގު އައުޓް ލޮލީ ޖާބިރު އައުޓް ބޮޑުވަގު އައުޓް ލޮލީ ޖާބިރު އައުޓް ބޮޑުވަގު އައުޓް ލޮލީ ޖާބިރު އައުޓް ބޮޑުވަގު އައުޓް ލޮލީ ޖާބިރު އައުޓް ބޮޑުވަގު އައުޓް ލޮލީ ޖާބިރު އައުޓް ބޮޑުވަގު އައުޓް ލޮލީ ޖާބިރު އައުޓް ބޮޑުވަގު އައުޓް ލޮލީ ޖާބިރު އައުޓް ބޮޑުވަގު އައުޓް

  2. ލޮއްލަލޮއްލަ

    ލޮއްލަ ބޮޑު ވަގު ސަރުކާރަށް ޓެކްސް ނުދައްކާ ބޮޑު ވަގު މަޖްލީހުގެ މެމްބަރު ކަމުން ބޭރުކުރޭ ލޮއްލަ ބޭރުކުރޭ ލޮއްލަ ބޭރުކުރޭ ލޮއްލަ ބޭރުކުރޭ ލޮއްލަ ބޭރުކުރޭ ލޮއްލަ ބޭރުކުރޭ ލޮއްލަ ބޭރުކުރޭ ލޮއްލަ ބޭރުކުރޭ ލޮއްލަ ބޭރުކުރޭ ލޮއްލަ ބޭރުކުރޭ ލޮއްލަ ބޭރުކުރޭ ލޮއްލަ ބޭރުކުރޭ ލޮއްލަ ބޭރުކުރޭ ލޮއްލަ ބޭރުކުރޭ ލޮއްލަ ބޭރުކުރޭ ލޮއްލަ ބޭރުކުރޭ ލޮއްލަ ބޭރުކުރޭ ލޮއްލަ ބޭރުކުރޭ ލޮއްލަ ބޭރުކުރޭ ލޮއްލަ ބޭރުކުރޭ ލޮއްލަ ބޭރުކުރޭ ލޮއްލަ ބޭރުކުރޭ ލޮއްލަ ބޭރުކުރޭ ލޮއްލަ ބޭރުކުރޭ ލޮއްލަ ބޭރުކުރޭ ލޮއްލަ ބޭރުކުރޭ ލޮއްލަ ބޭރުކުރޭ ލޮއްލަ ބޭރުކުރޭ ލޮއްލަ ބޭރުކުރޭ ލޮއްލަ ބޭރުކުރޭ ލޮއްލަ ބޭރުކުރޭ ލޮއްލަ ބޭރުކުރޭ ލޮއްލަ ބޭރުކުރޭ ލޮއްލަ ބޭރުކުރޭ