ޚަބަރު ސިޔާސީ

ރައީސް ޞާލިހް ދެވަނަ ދައުރަކަށް އެއްބުރުން އިންތިހާބުވާނެކަން އިދިކޮޅަށް ޔަގީންވެއްޖެ:މާރިޔާ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ދެވަނަ ދައުރަކަށް، އެއްބުރުން އިންތިހާބުވާނެކަން އިދިކޮޅަށް ޔަގީންވެއްޖެ ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިިދާޅުވެއްޖެއެވެ.

Ads by STELCO

ރޭގެ ޖަލްސާގެ ފޮޓޯތަކެއް ހިއްސާ ކުރައްވާ މިރޭ ކުރެއްވި ޓްވީޓެއްގައި މާރިޔާ ވިދާޅުވީ ރޭގެ ޖަލްސާއިން އަދަދު ފެނިއްޖެކަމަށާއި ވޯޓް ލައިގެން ވެރިކަން ނުލިބޭނެކަން އިދިކޮޅަށް ޔަގީންވެފައި ވާކަމަށެވެ.

"ރޭގެ ޖަލްސާއިން އަދަދު ފެނިއްޖެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އިތުރު ދައުރަކަށް އެއްބުރުން އިންތިހާބު ވާނެކަން އިދިކޮޅަށް ޔަގީންވެއްޖެ. ވޯޓް ލައިގެން ވެރިކަން ނުލިބޭނެ ކަން ޔަގީންވުމުން ވޯޓް ނުލާ 7-2-2012 ގަ ވެރިކަމަށް ހޯދި ގޮތަށް ހޯދާނަމޭ ހިތާ ތެޅިފޮޅެނީ. 11-11- 2023 އިރާދަ ކުރެއްވިއްޔާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ހުވާކުރައްވާނެ" މާރިޔާ ވިދާޅުވިއެވެ.

މިނިސްޓަރ މާރިޔާ މިހެން ވިދާޅުވި އިރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްދު ޞާލިހަށް އެމްޑީޕީގެ ރިޔާސީ ޓިކެޓު ދެއްވުމަށްޓަކައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާވެސް ވަނީ މިއަންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނީ އެއްބުރުން ކަމަށް ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްދު ޞާލިހަށް އެމްޑީޕީގެ ރިޔާސީ ޓިކެޓު ދެއްވުމަށްޓަކައި ރޭ ބޭއްވި ޖަލްސާގައި އިދިކޮޅު އެކްޓިވިސްޓަކަށް ފާޑުވިދާޅުވުމުން މާރިޔާއަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

Ads by Allied Insurance
  1. އަލީރަޝީދު

    މާރިޔާމެން ތި އުޅުއްވަނީ މޮޔަފުޅު ވެގެން ސޯލިހުބެޔަށް އަވާމެންދުރު ނުދައްކާ

  2. ޗީޗީ

    ކީއްކުރާއެއްބުރެއްގެ ވޯޓަކުންތޯ ތި ކިއަނީ މާރިޔާ، ޕީޕީއެމުންތަ މި ގޮވަނީ ނޫނީ މާރިޔާތަ ތިގޮވަނީ ރައީސް އިބުރާހިމް އެއްބުރުން ރިޔާސީވޯޓު ކާމިޔާބު ކުރާނޭ، ދެން ކާމިޔާބު ކޮށްގެން ފުމެބަލާ، ޕީޕީއެމާ ބެހިނުގަނެ މާރިޔާ އާއި މިސަރުކާރުން ބަހެއް ނުބުނެވޭ ކަމީ މި ޣައްދާރުންގެ ސަރުކާރު އޮޔާދާކަމުގެ ރިވެތި މިސާލެއް، މާރިޔާގެ އަޚުލާގެއް ގޮތެއްފޮތެއް ނެތްކަނ އެއްފަހަރަށްވުރެ ގިނަފަހަރު މާރިޔާ އަމިއްލައަށް ސާފުކޮށްދީފި، އިންޑިއާމީހުންލައްވާ މިގައުމުގެ ރައިއްޔަތުންނަށް އަނިޔާކުރުވުމަކީ، އަދި މިނިސްޓަރުކަން ކުރެވުމެއް ނޫން، ކޮންމެ ގައުމެއްގެ ދިފެންސުންނަކީ އެގައުމެއްގެ ކަރާމަތާ، ސިޔާދަތާ، އެގައުމެއްގެ އިއްޒަތާއަބުރާ ޝަރަފާ އަދި ގައުމުގެ ރައިއްޔަތުންވެސް ސަލާމަތްކޮށްދީ، ގައުމާއި ރައިއްޔަތުންގެ ދިފާއުގާ ފިސާރިސާބިތުކަމާއެކު ތިމާމެންގެ ޒިންމާ އަދާކުރުން ގައުމާ ރައިއްޔަތުންނަށް އަނިޔާކުރުވުމެއްނޫން ފުރައްސާރަ ކުރުމެއް ވެސް ނޫން، އެގޮތަށް މާރިޔާއަށް ވިސްނޭނަމަ ހަމަ މިހާރު އިސްތިއުފާދީފަ ގެއަށްދޭ އެނގިއްޖެތަ؟ އެނގިޖެދޯ.!

  3. ސަންފަ

    ޕީޕީއެމްއަކަށް އެކަންޏެއް ނޫނެއްނު ޔަގީން ނުވެގެން އުޅެނީކީ ތިޔަބައިގަނޑުގެ ލާދީނީ މީހާ ނޫންބާ ހޭދެބައިވެގެްނ އެނބުރެނީ ސޯލިހަށް ވެރިކަން ލިބުނަ ނުދޭން. އޭނާގެ ނަން ބުނަން ބިރުގަތީދޯ