އަންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީއަށް ތާއިދު ކުރުމަށް މޯލްޑިވިއަން ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) އިން ނިންމި ނިންމުމަކީ ރައްޔިތުންގެ ހައްގުގައި ނިންމި ނިންމުމެއްކަމަށް އެމްޑީޕީން ބުނެފިއެވެ.
2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސާލިހް އަށް ތާއީދުކުރަން މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް އިން ނިންމި ނިންމުމަށް މަރުހަބާ ދަންނަވައި އެޕާޓީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސްގެ މި ނިންމުމަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ވެރިކަމުގެ މި ހިނގާ ދައުރުގައި ގައުމަށް ގެނެސްދެއްވި ހަމަޖެހުން ދެމިއޮވެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަން އިއްތިހާދުގެ ސަރުކާރަކުން ކަމަށް ގަބޫލުކުރާތީ އެމްޑީއޭއިން ނިންމި ނިންމުމެއްކަމަށެވެ.
"މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސްގެ މި ނިންމުމަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ވެރިކަމުގެ މި ހިނގާ ދައުރުގައި ގައުމަށް ގެނެސްދެއްވި ހަމަޖެހުން ދެމިއޮވެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަން އިއްތިހާދުގެ ސަރުކާރަކުން ކަމަށް ގަބޫލުކުރާތީ ގައުމާއި ރައްޔުތުންގެ ހައްގުގައި ނިންމެވި ނިންމެވުމެއްކަމަށް މި ޕާޓީއިން ދެކެމެވެ." އެމްޑީޕީން މިރޭ ނެރުނު ނޫސްބަޔާނުގައި ބުނެފައިވެއެވެ.
އަންނަ ރިޔާސީ އިންތިޚާބުގައި އެމްޑީއޭއިން ރައީސް ޞާލިހަށް ތާއިދު ކުރާކަން ހާމަކޮށްފައިވާއިރު އަދާލަތު ޕާޓީއިންވެސް ވަނީ މި އިންތިހާބުގައި ރައީސް ޞާލިހަށް ތާއިދުކުރަން ނިންމައިފައިކަން ފާހަގަކޮށްލެވެއެވެ.
އެމްޑީއޭން ނިއްނިއްމުމަކީ ރަތްޔަތުންގެހައްގުގައި
ނިއްމިނިއްމުމެއްނޫން އަމިއްލެއެދުމުގަ ކުރިކަމެއް