މާލޭ މީހުންނަށް މިއީ ކީއްކުރާ ކާކުކަން އެނގޭނެ: ރައީސް ނަޝީދު

"މުޙައްމަދު ނަޝީދު" އަކީ ކީއްކުރާ ކާކުކަން މާލޭ މީހުންނަށް އެނގޭނެ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ ސްރީލަންކާގައި ދިރިއުޅޭ އަދި ވަޒީފާތަކުގައި ގާއިމުވެ ތިބޭ އެމްޑީޕީގެ އިސްބައެއް ބޭފުޅުންނާއި އެކްޓިވިސްޓުންނާއި މެންބަރު ހިމެނޭ ގޮތަށް "ރަަށްވެހި ފަތިސް ލަންކާ" އެ ނަމުގައި ހަދާފައި އޮންނަ ސިޔާސީ އެކި ވާހަކަތައް ދެކެވޭ ވަޓްސްއެޕް ގްރޫޕެއްގައި ބޭފުޅަކު ލިޔުއްވި މެސެޖަކަށް ދެއްވި ރައްދެއްގެ ގޮތުގަ އެވެ.
ރައީސް ނަޝީދު މިރައްދު ދެއްވާފައިވަނީ އެމަނިކުފާނުގެ ވެރިކަމުގައި ރައީސް އޮފީހުގެ ވަޒީފާއެއް ވެސް އަދާ ކުރެއްވެވި ފުރަހަނި ޝުއައިބް ކުރެއްވި މެސެޖެކަށެވެ.
އެގްރޫޕަށް ޝުއައިބް ލާފައިވަނީ އެކޮޅުކޮޅުން ޖަހާފައިވާ ވީޑިއޯ ކޮޅެކެވެ. އެއާއެކު ރައީސް ނަޝީދު އާއި އެހެންވެސް ބައެއް ބޭފުޅުން ޓެގް ކުރައްވާފައި ވިދާޅުވެފައިވަނީ "ކުޑަވެސް ލަދެއް ހަޔާތެއް ހުރިނަމަ މާލޭގެ ރައްޔިތުންގެ ކުރިމައްޗަކަށް ނުނިކުންނާނެ" ކަމަށެވެ. އަދި "ނޯ ގޯތި، ނޯ ވޯޓް" އެހެން ވެސް ޖައްސަވާފައި ވެއެވެ.
ޝުއައިބް ފޮނުވި ވީޑިއޯ ކޮޅުގައި ފެންނަނީ ރައީސް ނަޝީދު ޕޯޑިއަމެއްގައި ހުރެ ވާހަކަ ދައްކަވަމުން "ކުޑަވެސް ލަދެއް ހަޔާތެއް ހުރިނަމަ މާލޭގެ ރައްޔިތުންގެ ކުރިމައްޗަކަށް ނުނިކުންނާނެ" ކަމަށް ވިދާޅުވާ މަންޒަރެވެ.
"ޝުއައިބު، އަޅުގަނޑު އަބަދުވެސް ނުކުންނާނެ! އަދި މާލޭ މީހުންނަށް މިއީ ކޮން ކަމެއް ކުރާ ކާކުކަން އެނގޭނެ. މާލޭ މީހުންނަށް ކޮށްދިން ކަމެއް ދެންވެސް ކޮށްދޭނީ އަޅުގަނޑު ކުރީގައި ހުރެގެން... އަޅުގަނޑު ވެސް މާލޭ މީހުން ދަންނަން،" އެވީޑިއޯއަށް ރައްދު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.
ވަރަށްބޮޑު ތެދެއް މިފަހަރު ކެރަފާ ނަޝީދު އެ ބުނީ. އޭނާއަކީ މިގައުމުގައި ހުރި، އިސްލާމްދީނުގެ އެންމެބޮޑުޢަދުއްވު ކަމާ، އަދި ގައުމަށް ޣަދަރުވެރި ވަމުން، ގައުމު އިންޑިއާގެ އަޅުވެތިކަމުގެދަށަށް ގެންދަމުންދާ ބޮޑު ޚާއިނެއް ކަމާ، އޭނާގެ ފުށުން ގައުމަށް ލިބޭނެ އެއްވެސް ފައިދާއެއް ލާބައެއް މަންފާއެއް ނެތްކަމާ އޭގެ ބަދަލު ގައި ލިބޭނީ ގެއްލުމާ ހަލާކާ ނިކަމެތިކަން ކަން އެނގޭ.