ބޮލީވުޑް

އެންމެން ހެއްވާލާ ސަތީޝް އުމުރުން 66ގައި މަރުވެއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ބޮލީވުޑްގެ އެކްޓަރު އަދި ޑައިރެކްޓަރު ސަތީޝް ކޯޝިކް އުމުރުން 66 އަހަރުގައި އިންޑިއާގެ ވެރިރަށް ދިއްލީގައި މަރުވެއްޖެ އެވެ.

Ads by STELCO

އޭނާގެ ދައްތަ ނިޝާން ކޯޝިކް ބުނީ މިއަދު ހެނދުނު ސަތީޝް ހާޓް އެޓޭކެއް ޖެހިފައިވާ ކަމަށެވެ. އެވަގުތު އޭނާ ދަތުރުކުރަމުން ދިޔައީ ކާރެއްގައި ކަމަށާއި ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ބުނެއެވެ.

ކޯޝިކް ހިންދީ ފިލްމު އިންޑަސްޓްރީގައި އެކްޓަރެއްގެ ގޮތުގައި، ޕްރޮޑިއުސަރެއްގެ ގޮތުގައި، ކޮމީޑިއަން އަދި ސްކްރީން ރައިޓަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވެއެވެ.

އޭނާގެ ބްރެކްތްރޫ ރޯލަކީ 1987 ވަނަ އަހަރު ރިލީޒްކުރި "މިސްޓަ އިންޑިއާ" ގައި އޭނާ ކުޅުނު ރޯލެވެ. އޭނާ ކުޅެފައިވަނީ ކަލަންޑަރު ނަމަކަށް ކިޔާ ކައްކާއެއްގެ ރޯލެވެ.

ރާމް ލަކަން، ޖާނޭ ބީ ދޯ ޔާރޯ އަދި ދީވާނާ މަސްތާނާ ފަދަ ފިލްމުތަކުގައި އޭނާ ވަނީ މޮޅު އެކްޓިން ދައްކާފައެވެ.

އޭނާގެ ކާމިޔާބީ ލިބުނީ އެތައް ޒަމާނެއް ވަންދެން ކުރި ބުރަ މަސައްކަތުގެ ސަބަބުންނެވެ. 13 އޭޕްރީލް 1956 ގައި އުފަންވި ކޯޝިކް ބޮޑުވީ ދިއްލީގެ ކަރޯލް ބާގް ސަރަހައްދުގެ މެދު ފަންތީގެ އާއިލާއެއްގައެވެ. އޭނާ ކިޔަވަން ދިޔައީ އެ ސިޓީގެ ކިރޯރީ މަލް ކޮލެޖުގައެވެ. އޭރު ވެސް ތިއޭޓަރަށް އޭނާ ލޯބި ކުރެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!