Wednesday, 4 November 2026
Advertisement
Ooredoo — Article-Top (leaderboard)
ބޮލީވުޑް

ޕްރިޔަންކާ އާއި ނިކް ހޯލީ ފާހަގަ ކުރީ އެލްއޭގައި ޕްރިތީއާއެކު

ޕްރިޔަންކާ އާއި ނިކް ހޯލީ ފާހަގަ ކުރީ އެލްއޭގައި ޕްރިތީއާއެކު

އިންޑިއާގައި ކުލަ ގަދަކޮށް ފާހަގަކުރަމުން އަންނަ ހޯލީ، ޕްރިޔަންކާއާއި ނިކް ޖޯނަސް، ބޮލީވުޑް ބަތަލާ ޕްރިތީ ޒިންތާ އާއިއެކު އެމެރިކާގެ ލޮސް އެންޖެލެސްގައި ފާހަގަކޮށްފި އެވެ.

މިއަހަރުގެ ހޯލީވެސް އެހެން އަހަރުތަކެކޭ އެއްފަދައިން ބޮލީވުޑްގެ ހުރިހާ ތަރިންވެސް ފާހަގަކުރީ ވަރަށް ކުލަގަދަ ކޮށެވެ. މުޅި ސޯޝަލް މީޑިއާ ވަނީ ހޯލީގެ ކުލަ ފޮޓޯތަކުން ވައިރަލްކޮށްފަ އެވެ.

އެމެރިކާގައި ދިރިއުޅެމުން އަންނަ ބަތަލާ ޕްރިޔަންކާ ޗޯޕްރާ މިއަހަރު ހޯލީ ފާހަގަކުރީ ފިރިމީހާ ނިކް ޖޯނަސްއާއިއެކު އެމީހުންގެ އެލްއޭ ޕެލެސްގަ އެވެ. ސޯޝަލް މީޑިއާގައި ހިއްސާކުރި ފޮޓޯގައި ފެންނަނީ ނިކް ޕްރިޔަންކާގެ ގަޔަށް ކުލަ ޖަހާ މަންޒަރެވެ.

Advertisement
Ooredoo — Square (box)

ޕްރިޔަންކާ އާއި ނިކް ވަނީ އެލްއޭގައި ދިރިއުޅޭ އެމީހުންގެ ގާތް ރައްޓެހިންނަށް ހާއްސަކޮށްގެން ބޮޑު ހަފްލާއެއް ބާއްވައިފަ އެވެ. މި ހަފްލާގައި ބޮލީވުޑްގެ ކުރީގެ ބަތަލާ ޕްރިތީ ސިންތާ އާއި އޭނާގެ ފިރިމީހާ ގޭނޭ ގޫޑްއިނަފްވެސް ބައިވެރިވި އެވެ.

ޕްރިތީ ބޮލީވުޑް މަސައްކަތްތައް ކުރުން ހުއްޓައިލީ ކައިވެނިކުރުމަށްފަހު އެވެ. އެހެންނަމަވެސް އޭގެ ފަހުންވެސް މަދުމަދުން ބޮލީވުޑް ހަފްލާތަކުގައި އޭނާ ބައިވެރިވެ އެވެ. ބައެއް ޓީވީ ޝޯތަކުންވެސް ޕްރިތީ ފެނިގެން ދިޔަ އެވެ. ކައިވެންޏަށްފަހު ޕްރިތީވެސް ދިރިއުޅެނީ އެމެރިކާގަ އެވެ.

އެމެރިކާއަށް ބަދަލުވުމަށްފަހުވެސް ޕްރިޔަންކާ ގެންދަނީ އިންޑިއާގެ މިފަދަ ސަގާފީ ފާހަގަކުރުންތައް ބާއްވަމުންނެވެ. ސަރޮގެސީ މެދުވެރިކޮށް ދަރިއަކު ހޯދި ފަހުން ޕްރިޔަންކާ އިންޑިއާއަށް ދަނީ ވަރަށް މަދުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް