ޚަބަރު

އުމަރު ވިދާޅުވީ ޑްރަގް ހުއްޓުވަން ހުޅަނގުގެ މޮޑެލްތައް ނާކާމިޔާބު ވެއްޖެ ކަމަށާއި ދެން ތަންފީޒް ކުރަން ޖެހޭނީ އިސްލާމީ ޝަރީއާ ކަމަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޑްރަގް ހުއްޓުވަން ރާއްޖޭގައި ބޭނުން ކުރަމުން އަންނަނީ ހުޅަނގުގެ މޮޑެލްތައް ކަމަށާއި އެކަން މިއަދު ނާކާމިޔާބު ވެފައިވާ ކަމަށާއި، އެ މައްސަލައަށް އޮތް ހައްލަކީ އިސްލާމީ ޝަރީއާ ތަންފީޒް ކުރުން ކަމަށް އަންނަ ރިޔާސީ އިންތިޚާބުގައި ކުރިމަތި ލައްވާނެކަން ހާމަކުރައްވާފައިވާ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އުމަރު މިހެން ވިދާޅުވީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ކެމްޕޭން ކުރުމަށް ރޭ މާލޭގައި ބޭއްވި ކެމްޕޭން އިވެންޓެއްގައި ވާހަކަ ދައްކަވަމުންނެވެ.

އުމަރު ވިދާޅުވީ އޭނާގެ ޑްރަގް ސިޔާސަތުގައި އޮތީ މައިގަނޑު ހަތަރު ކަމެއް ކުރުން ކަމަށެވެ. އެއީ ޑްރަގް އެތެރެ ކުރާ މީހުންނަށް މަރުގެ އަދަބު ދިނުމާއި، ޑްރަގް އެތެރެކުރާ ބޯޓުފަހަރުތައް ކަނޑު މަތިން ބަޑިޖަހާ ފައްތާލުމާއި، ޑްރަގް ވިއްކާ މީހުން އޭނާގެ ވެރިކަމެއްގައި މިނިވަން ނުވާ ގޮތަށް ޖަލަށްލުން ކަމަށާއި އަދި ފަހު ކަމަކީ ޑްރަގް ބޭނުން ކުރާ މީހާގެ ރިހެބިލިޓޭޝަން 24 ގަޑިއިރުގެ ތެރޭގައި ފެށުން ކަމަށް އުމަރު ވިދާޅުވި އެވެ.

"ހުޅަނގުގެ މޮޑެލްތައް ބޭނުންކޮށްގެން ޑްރަގް ހުއްޓުވުމަށް ކުރި މަސައްކަތްވީ ނާކާމިޔާބު. އެހެންވީމަ ދިވެހިން ދެން ޖެހޭނީ ޑްރަގް ހުއްޓުވުމަށްޓަކާ އިސްލާމީ ޝަރީއާގެ މޮޑެލް އެއްގައި ހިފަން. އަޅުގަނޑު ހިފާނީ އިސްލާމީ ޝަރީއާގެ މޮޑެލް އެއްގައި." އުމަރު ވިދާޅުވި އެވެ.

މީގެއިތުރުން ގޭންގުތަކުގައި އުޅޭ ކުދިން ސްކޫލްތަކުގެ ތެރެއަށް ވަދެ މުޅި ކްލާސްތެރެ އެއްކޮށް ހަލަބޮލިކުރަމުންދާ ކަމަށާއި މިކަން ހުއްޓުވަން ސްކޫލުތަކުގެ ވެރީންނަށް ސްކޫލްތަކުގައި އަހުލާގީ މިންގަނޑު ހިފެހެއްޓުމުގެ ފުރިހަމަ އިހުތިޔާރާއި ބާރު ދެއްވާނެ ކަމަށް އުމަރު ވިދާޅުވި އެވެ. އަދި ބެލެނިވެރީންނަށް ވެސް އެމީހުން ދަރިންގެ އަހުލާގު ބެލެހެއްޓުމަށް ދޭންޖެހޭ ހުރިހާ ބާރެއް އޭނާގެ ވެރިކަމުގައި ދެއްވާނެ ކަމަށް ވިދާޅުވިއެވެ.

Ads by Allied Insurance
  1. އަބްދޫ

    ހުޅަނގުން ޑްރަގް ހުއްޓުވަން މަސައްކަތް ނުކުރޭ ،އެ ނަމުގަ މަސައްކަތް ކުރަމުންދަނީ ފެތުރުމުގެ މަސައްކަތް.އެމީހުން ބުނިގޮތް ހަެދީމަރާއްޖޭގަ ވެސް ފެތުރުނީ ނޫންތަ؟ ޑްރަގް ރިހިބިލިޓޭސަން ހުއްޓާލާ. ކުށުގެ އަދަބު ތަންފިޒުކުރޭ. ހައްދު ގާއިމްކުރޭ . ކޮންމެ މަސްތުވާ އެއްޗަކީ ރަލުގެ ހުކުމްހިގާއެއްޗެއް. ކޮންމެ މަސްތުވުމެއް ހަރާމް. ވީމާ އިސްލާމީ ހައްދު ގާއިމްކޮށްފަ ޖަލުގެ އަދަބު ތަންފީޒުކުރޭ.

  2. މޯޑު

    100% ވާހަކައެއް. މަގޭ ވޯޓު ޔަގީން.️️️️️

  3. މޮހޮނާ

    މީނަދައްކާ ވާހަކަ ރަގަޅު ދެރައީ ބަހާއަމަލު ދިމާނުވާތި