ޚަބަރު

ނަޝީދުގެ ތާއީދު ނުލިބުނަސް ރައީސް ޞާލިޙް އިންތިޚާބު ކާމިޔާބު ކުރާނެ: ފައްޔާޒް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ފައްޔާޒް އިސްމާއީލް

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ތާއީދު ނުލިބުނަސް ރިޔާސީ އިންތިހާބު އެމްޑީޕީން ކާމިޔާބު ކުރާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

Ads by STELCO

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނާކާމިޔާބުވުމާ ގުޅިގެން ނަޝީދު މިހާރު ގެންދަވަނީ އެމްޑީޕީގެ ތެރޭގައި "ފިކުރެއްގެ ދިރުން" ނަމުގައި ވަކި ފެކްޝަނެއް ހިންގަވަމުންނެވެ.

މިއަދު ނޫސްވެރިންނާ ވާހަކަދައްކަމުން ފައްޔާޒު ވިދާޅުވީ ނޫސްވެރީން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ފައްޔާޒް ވިދާޅުވީ އެމްޑީޕީގައި ވަރަށް މިނިވަން ޕާޓީއެއް ކަމަށާއި އެގޮތުން ޕާޓީގެ ލީޑަރުންނާ ދިމާލަށް ބުނަން ބޭނުންވާ އެއްޗެއް ބުނުމުގެ ސަގާފަތެއް އެމްޑީޕީގައި އޮންނާނެ ކަމަށެވެ. އެއީ ކަންބޮޑުވާ ކަމެއް ނޫން ކަމަށާއި އެކަން ހުއްޓުވަން ކަންތައްތަކެއް ކުރަން ވެސް ނޫޅޭނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

އެމްޑީޕީ ދަނީ އަނެއްކާވެސް ކާމިޔާބު ހޯދަން ކަމަށާއި މިކަމުގައި ބައިވެރިވާން ނަޝީދަށް ނަސޭހަތްތެރިވާ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

"އަޅުގަނޑު ރައީސް ނަޝީދަށް ނަސޭހަތްތެރިވަން. އަޅުގަނޑުމެން މި ދަނީ ކާމިޔާބުވާން އަނެއްކާވެސް އިރާދަފުޅުކުރެއްވިއްޔާ. އަޅުގަނޑުމެން މި ދަނީ ދިވެހިރާއްޖޭގައި މިނިވަން ދައުލަތެއް. ރައްޔިތުންނަށް ހިދުމަތް ކުރާ ސަރުކާރެއް އަދި ސުލްހަމަސްލަސްކަމާ އެއްކޮށް ވެރިކަމެއް ހިންގާ އެ މަލަރު ކޮށްލުމުގެ މަރުހަލާއަށް. ރައީސް ނަޝީދަށް ވެސް އަދި އަޅުގަނޑުމެން ޕާޓީގައި ތިއްބެވި އެހެން މެންބަރުންނަށް ވެސް ދަންނަވާނީ އަޅުގަނޑުމެންނާ އެއްކޮށް މި މަސައްކަތުގައި ބައިވެރިވެވަޑައިގަންނަވާށޭ. ބާކީ ނުވާށޭ. ބާކީވުމަށް ވަޑައިނުގަންނަވާށޭ." ފައްޔާޒް ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ އެންމެން ބޭނުންވާ ހުރިހާ ކަމެއް ހާސިލު ނުވެދާނެ ކަމަށާއި ދެ މީހުންނަށް އެއް ފަހަރަކާ ވެރިކަމެއް ވެސް ނުކުރެވޭނެ ކަމަށެވެ. އަދި ނަޝީދުގެ ތާއީދު ވަރަށް ބޮޑަށް ބޭނުންވާ ކަމަށާއި ނަމަވެސް އެމަނިކުފާނުގެ ތާއީދު ލިބިވަޑައިނުގަތަސް އިންތިހާބު އެމްޑީޕީން ކާމިޔާބު ކުރާނެ ކަމަށް ވިދާޅުވި އެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދާ ހިލާފަށް ތަކުރާރުކޮށް ނަޝީދު މަސައްކަތް ކުރައްވާއިރު ވެސް ފިޔަވަޅު ނާޅާ މައްސަލާގައި ފައްޔާޒު ވިދާޅުވީ ނަޝީދަކީ އެމްޑީޕީ އުފެއްދުމާއި ރާއްޖެއަށް ޑިމޮކްރަސީ ގެނައުމުގައި ރޯލެއް އަދާކުރެއްވި ބޭފުޅެއް ކަމަށާއި ބައެއް ފަހަރު ފަހަތަށް ޖެހިލަނީ އެމަނިކުފާނަށް ކުރައްވާ އިހުތިރާމެއްގެ ސަބަބުން ކަމަށެވެ.

"ކަންބޮޑުވެގެނެއްވެސް ނޫން. ބިރަކުންނެއްވެސް ނޫން. އަޅުގަނޑުމެން އަޅުގަނޑުމެން އަޅަން ޖެހިއްޖެ ފިޔަވަޅެއް އެ ހާލަތަކަށް ގޮސްފި ކަމަށް ވެއްޖިއްޔާ ކޮންމެ ބޭފުޅަކަށްވެސް އަޅާނަން." ފައްޔާޒް ވިދާޅުވި އެވެ.

Ads by HDC
  1. މަހޯލި

    8% އަށް ވުރެ އިތުރެް ނުވާނެ ދާނީ ޗޮކުން