Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ސިޔާސީ

ރައީސް ޞާލިޙް ދެވަނަ ދައުރެއްގެ ހުވަފެން ދެކޭތީ ހައިރާންވޭ: ޖަމީލް

ރައީސް ޞާލިޙް ދެވަނަ ދައުރެއްގެ ހުވަފެން ދެކޭތީ ހައިރާންވޭ: ޖަމީލް

ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ދެވަނަ ދައުރެއްގެ ހުވަފެން ދެކޭތީ ހައިރާންވާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޞާލިޙްއަކީ ތަފާތު ސަގާފަތެއްގެ ވެރިޔެއް ކަމަށެވެ. އަދި އެމަނިކުފާނަށް ކުރިން ދަރަނި ގޯސްވި ކަމަށާއި ވެރިކަން ނިންމާލަނީ ދަރަނި 100 ބިލިއަނަށްވުރެ މައްޗަށް ޖައްސާ އާރިކޯޑެއް އުފައްދާފައި ކަމަށެވެ.

“ބުހުތާން ދޮގު ހެދުމުގައި ދެން މިވަރެއް ހަމަނެތް. ޙައިރާންވޭ ދެވަނަ ދައުރެއްގެ ހުވަފެން ދެކޭތީ” ޖަމީލް ވިދާޅުވިއެވެ.

Advertisement
Allied Insurance — Square (box)

ޖަމީލް މިފަދައިން ވިދާޅުވެފައިވާއިރު އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ހުސައިން އަމްރު އެ މަގާމުން ވަކިކުރަން ރައީސް އޮފީހުން މިއަދު ވަނީ ނިންމާފައެވެ. މިކަމާއި ގުޅިގެން ރައީސް ޞާލިޙަށް ގިނަ ބަޔަކު ދަނީ ފާޑުވިދާޅުވަމުންނެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް