ޚަބަރު ސިޔާސީ

މަޖިލީހުގެ ގޮނޑި ނުލިބުނަސް ގެއްލޭނެ އެއްވެސް އެއްޗެއް ނޯންނާނެ: މަވޯޓާ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

މަޖިލީހުގެ މެމްބަރަކަށް ވުމަށް މުޅި އުމުރުގައި ވެސް އުއްމީދު ނުކުރައްވާކަމަށާއި މަޖިލީހުގެ ގޮނޑިއެއް ނުލިބިގެން ގެއްލޭނެ އެއްވެސް އެއްޗެއް ނޯންނާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެވެ.

Ads by MWSC

ހަސަން ކުރުސީގެ ނަމުގައި ޓްވީޓް ކުރަމުން އަންނަ ޓްވިޓާ ހޭންޑްލްއިން ކޮށްފައިވާ ޓްވީޓަކަށް ރައްދުދެއްވާ ޝަރީފު ވިދާޅުވީ މިހާރުވެސް ވަރަށް ގިނަ ދުވަހު މަޖިލީހުގެ ގޮނޑީގައި އިނދެވިއްޖެކަމަށާއި އާއިލާއާއި އެކުގައި ގިނަ ވަގުތު ހޭދަ ކުރުން މާ މުހިންމުކަމަށެވެ.

ހަސަން ކުރުސީގެ ނަމުގައި ޓްވިޓާގައި ހަރަކާތްތެރިވަމުން އަންނަނީ ކުރީގެ ރައީސް ނަޝީދު ކަމަށް ގިނަބަޔަކު ދަނީ ތުހުމަތު ކުރަމުންނެވެ. އެހެންނަމަވެސް އެފަރާތުން ދަނީ އެތުހުމަތުތައް ދޮގުކުރަމުންނެވެ. އަދި ސަރުކާރަށާއި ރައީސުލްޖުމްހޫރިއްޔާ އަށް ގިނަ ފާޑުކިޔުންތަކެއް ކިޔަމުން އަންނަ އިރު މަޖިލިސް ރައީސް ނަޝީދަށް ތާއިދުކޮށް އެފަރާތުން ދަނީ ގިނަ ޓްވީޓްތައް ކުރަމުންކަން ފާހަގަކޮށްލެވެއެވެ.

Ads by Ooredoo
  1. މޫސަ

    އެހެންވީމާ ދެންކީއްވެތަ ހިފިނުހުރެވީގެން ކޮންމެފަހަރަކު މަޖިލީަށް ހުށަހެޅިގަންނަނީ