ޚަބަރު ރައްޔިތުންގެ މަޖިލިސް

ޖާބިރުގެ އިންޒާރެއް ޤާސިމަށް: 72 ގަޑިއިރު ތެރޭގައި ރައީސް ޞާލިހަށް ތާއިދުކުރަން އެއްބަސް ނުވެއްޖެއްޔާ އަޅަންޖެހޭ ފިޔަވަޅު ހޫނުވާނެ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

72 ގަޑިއިރު ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހަށް ތާއިދުކުރަން އެއްބަސް ނުވެއްޖެއްނަމަ އަޅަންޖެހޭ ފިޔަވަޅު ހޫނުވާނެ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު، ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމަށް އިންޒާރު ދެއްވައިފިއެވެ.

Ads by STELCO

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ ޤާސިމް 72 ގަޑިއިރު ތެރޭގައި އަންކަންޑިޝަނަލީ ރައީސް  ޞާލިހަށް ތާއިދުކުރަން އެބަ ޖެހޭކަމަށެވެ.

"ޤާސިމް އިބްރާހިމް 72 ގަޑިއިރު ތެރޭގައި އަންކަންޑިޝަނަލީ އެބަ ޖެހެއޭ ސީދާ އިބްރާހިމް މުހައްމަދު ޞާލިހަށް ތާއިދުކުރަން. މަޓީން އެއްބަސްވެއްޖެ އެގޮތަށް އިބްރާހިމް މުހައްމަދު ޞާލިހަށް ތާއިދު ކުރަން މަޓާޓޯއިން އެއްބަސްވެއްޖެ ޔޮޓް ޓުއާޒުން ސަންޓްރެވަލުން އެއްބަސް ވެއްޖެ. ދެން ޤާސިމް އެއްބަސް ނުވެއްޖެއްޔާ 72 ގަޑިއިރު ތެރޭގައި އަޅަން ޖެހޭ ފިޔަވަޅު ވަރަށް ހޫނުވާނެ" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ ޤާސިމަކީ އެބޭފުޅާ ވަރަށް ލޯބިވާ ބޭފުޅެއްކަމަށާއި ޖާބިރަކީ ޖުމްހޫރީ ޕާޓީގެ ފަންސާސް އިންސައްތަ ޝެއަރހޯލްޑަރެއްކަމަށެވެ. 72 ގަޑި އިރުތެރޭގައި ރައީސް ޞާލިހަށް ތާއިދުކުރުުމަށް އެއްބަސްވުމަށާއި އެއްބަސްނުވެއްޖެނަމަ އަޅާފިޔަވަޅު ހޫނުވާނެކަމަށް ވިދާޅުވެ ޖާބިރު ވަނީ ތަކުރާރުކޮށް ޤާސިމަށް އިންޒާރު ދެއްވައިފައެވެ.

އަދި ޤާސިމް ރައީސަށް ތާއީދު ނުކުރައްވާތީ، ހިތަށް ތަދުވާ ބައެއް މެމްބަރުން މަޖިލީހުގައި އެބަ ތިއްބެވި ކަމަށާއި ޖާބިރަކީވެސް އޭގެ ތެރެއިން މެމްބަރެއްކަމަށް ޖާބިރު ވަނީ ވިދާޅުވެފައެވެ.

މި އަހަރުގެ ރިޔާސީ އިންތިޚާބަށް ވަކިން ނުކުންނަން ޖޭޕީން ނިންމާފައިވާއިރު، އެ ޕާޓީން ކޯލިޝަން ހަދަން ނިންމީ އެމްޑީޕީގެ ރައީސް މުޙައްމަދި ނަޝީދުގެ ފެކްޝަނާއެކުގައެވެ.

Ads by PNC
  1. ވަގެކޭވަގެކޭ

    ލޮލީ ޖާބިރު އަނގަ ނުގަޅާ ސަރުކާރަށް ދައްކަން ޖެހޭ ޓެކްސް ދައްކާށޭ ބޮޑު ވަގެކޭ ލޮއްލަ އަކީ ލޮލީ ޖާބިރު އެއީ ސަރުކާރަށް ޓެކްސް ނުދައްކާ ހުރި ބަތާހަރާމީ ހަރާމްކޯރެކޭ ލޮލީ ޖާބިރު އެއީ ބޮޑުވަގެކޭ ލޮލީ ޖާބިރު އެއީ ބޮޑުވަގެކޭ ލޮލީ ޖާބިރު އެއީ ބޮޑުވަގެކޭ ލޮލީ ޖާބިރު އެއީ ބޮޑުވަގެކޭ ލޮލީ ޖާބިރު އެއީ ބޮޑުވަގެކޭ ލޮލީ ޖާބިރު އެއީ ބޮޑުވަގެކޭ ލޮލީ ޖާބިރު އެއީ ބޮޑުވަގެކޭ ލޮލީ ޖާބިރު އެއީ ބޮޑުވަގެކޭ ލޮލީ ޖާބިރު އެއީ ބޮޑުވަގެކޭ ލޮލީ ޖާބިރު އެއީ ބޮޑުވަގެކޭ ލޮލީ ޖާބިރު އެއީ ބޮޑުވަގެކޭ ލޮލީ ޖާބިރު އެއީ ބޮޑުވަގެކޭ ލޮލީ ޖާބިރު އެއީ ބޮޑުވަގެކޭ ލޮލީ ޖާބިރު އެއީ ބޮޑުވަގެކޭ ލޮލީ ޖާބިރު އެއީ ބޮޑުވަގެކޭ ލޮލީ ޖާބިރު އެއީ ބޮޑުވަގެކޭ ލޮލީ ޖާބިރު އެއީ ބޮޑުވަގެކޭ ލޮލީ ޖާބިރު އެއީ ބޮޑުވަގެކޭ ލޮލީ ޖާބިރު އެއީ ބޮޑުވަގެކޭ ލޮލީ ޖާބިރު އެއީ ބޮޑުވަގެކޭ ލޮލީ ޖާބިރު އެއީ ބޮޑުވަގެކޭ