ޚަބަރު ސަރުކާރު

އެޗްޑީސީ ރީބްރޭންޑްކޮށްފި، އާނަމަކީ "އާބަންކޯ"

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ނަން "އާބަންކޯ" އަށް ބަދަލުކޮށް އެ ކުންފުނި ރީބްރޭންޑް ކޮށްފިއެވެ.

Ads by MWSC

އެޗްޑީސީގެ ނަން އާބަންކޯ އަށް ބަދަލުކޮށް އެކަން އިއުލާންކުރީ އެ ކުންފުންޏަށް 22 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން މިރޭ ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ހަފްލާއެއްގައެވެ. މިހަފްލާގައި އެ ކުންފުނީގެ އިމާރާތުގެ ނަމާއި ލޯގާ ވެސް ވަނީ "އާބަންކޯ"އަށް ބަދަލުކޮށްފަ އެވެ. އަދި "އާބަންކޯ" މޯބައިލް އެޕްލިކޭޝަން ވަނީ ލޯންޗު ކޮށްފަ އެވެ. މި އެޕުން އެ ކުންފުނިން ދޭ ހުރިހާ ހިދުމަތެއް ފަސޭހަ ކަމާއެކު ލިބޭނެއެވެ.

އާބަންކޯއިން ބުނީ 22 އަހަރު ފުރިގެންދާއިރު ބަދަލުތަކެއް ގެނެސް، ކުންފުނީގެ މެނޭޖްމަންޓުން އަދި ހުރިހާ މުވައްޒަފުންގެ އަމާޒު މުޅިން އައު ހަރުފަތަކަށް ގެންދިއުމަށް ބޭނުން ޖެހިފައިވާ ކަމަށެވެ.

"ރައްޔިތުންނަށް ފޯރުކޮށްދެމުން ގެންދާ ޙިދުމަތްތައް އިތުރަށް ފުރިހަމަކޮށް، ވިލަރެސްކޮށް، ރާއްޖޭގެ އެންމެ ބޮޑު އާރބަން ޑިވެލޮޕްމަންޓް ކުންފުނީގެ ފުރިހަމަ ލަޤަބު ހޯދައި މަސައްކަތްތައް ބަށްޓަން ކުރުމަށް ކުންފުނީގެ ބްރޭންޑް “އަރބަންކޯ” މިއަދު ވަނީ ރަސްމީކޮށް ލޯންޗްކޮށްފައެވެ." އާބަންކޯ އިންބުނެފައިވެއެވެ.

ކުންފުނީގެ ބްރޭންޑް "އަރބަންކޯ" ލޯންޗް ކޮށްފައިވަނީ ރައްޔިތުންނަށް ފޯރުކޮށްދެމުން ގެންދާ ޙިދުމަތްތައް އިތުރަށް ފުރިހަމަކޮށް، ވިލަރެސްކޮށް، ރާއްޖޭގެ އެންމެ ބޮޑު އާރބަން ޑިވެލޮޕްމަންޓް ކުންފުނީގެ ފުރިހަމަ ލަޤަބު ހޯދައި މަސައްކަތްތައް ބަށްޓަން ކުރުމަށް ކަމަށްވެސް އެކުންފުނިން ބުނެއެވެ.

  1. ެަރައްޔިތުންގެ މިހާބޮޑު ކުންފުނި އެއްގައި އިންވެސްޓް ކުރީމާ ރައްޔުތުންނަށް ލިބެނީ ކޯޗެއްތަ !