ނަޝީދަށް އެމްޑީޕީ އަތުލެއްވޭނެ އެއްވެސް ގޮތެއް ނެތް:ޝަރީފު

ރައީސް ނަޝީދަށް އެމްޑީޕީ އަތުލެއްވޭނެ އެއްވެސް ގޮތެއް ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފު) ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ރިޔާސީ ޕްރައިމަރީއަށްފަހު ފާޅުކަން ބޮޑު ގޮތެއްގައި ރައީސް ނަޝީދަށް ފާޑުވިދާޅުވެ އެމަނިކުފާނު ޕާޓީން ވަކިކުރުމަށް އެދި ގޮވައިލައްވަމުން އަންނަ ޝަރީފު ވިދާޅުވީ ނަޝީދު ޕާޓީގައި ދެމި ހުންނަވަން ބޭނުން ނަމަ ޕާޓީގެ އަސާސީ ގަވާއިދަށް ރުޖޫއަވުން ނޫންގޮތެއް ނެތްކަމަށެވެ.
"ރައީސް މުހައްމަދު ނަޝީދަށް އެމްޑީޕީ އަތުލެވޭނެ އެއްވެސް ގޮތެއް ނެތް. އެމަނިކުފާނަށް އޮތް ގޮތަކީ ޕާޓީގެ އަސާސީ ގަވާއިދުގެ ތެރެއަށް ރުޖޫއަވެ މެމްބަރުންގެ އަގުލަބިއްޔަތުން ނިންމާ ކަންކަމަށް އިހުތިރާމް ކުރެއްވުން. ޕާޓީއާ ދެކޮޅު ހަރަކާތްތައް ހުއްޓަވާލެއްވުން ނޫނީ ޕާޓީ ދޫކޮށްފަ ވަޑައިގެންނެވުން" މަވޯޓާ ޝަރީފު ވިދާޅުވިއެވެ.
ޝަރީފު ވަނީ މީގެ ކުރިންވެސް ރައީސް ނަޝީދު އެމްޑީޕީން ވަކިކުރެއްވުމަށް ޕާޓީގެ ލީޑަރޝިޕަށް ތަކުރާރުކޮށް ގޮވައިލައްވާފައިކަން ފާހަގަކޮށްލެވެއެވެ. އަދި ރައީސް ނަޝީދަށް އޭނާ ދަނީ ބޮޑެތި ފާޑުކިޔުއްވުންތައް ކިޔުއްވަމުންކަންވެސް ފާހަގަކޮށްލެވެއެވެ.
ބޭރުކުރަންވީނު. ނުކުރޭނެ. ލާދީޏީ ބުއްޅަބޭ އެހެން އުޅެން ދޫކޮށްފަ ބަހައްޓާފަ .