ބޮލީވުޑް މުނިފޫހިފިލުވުން

ޖޫހީއާއި އިންނަން ބޭނުންވި އެކަން ހުއްޓުވީ އޭނާގެ ބައްޕަ: ސަލްމާން

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ބޮލީވުޑްގެ ކާމިޔާބު ބަތަލާ ޖޫހީ ޗާވްލާއާއި ކައިވެނި ކުރަން ބޭނުންވާ ކަމަށް ސަލްމާން ވާހަކަ ދައްކާ ވީޑިއޯ ކްލިޕެއް ދާދި ފަހުން ވަނީ އޮންލައިންކޮށް އާންމުވެފައެވެ.

Ads by STELCO

90 ގެ އަހަރުތަކުގައި ސަލްމާން ދިން އިންޓަވިއުއެއްގައި އޭނާގެ ކައިވެނީގެ ޕްލޭންތަކާ ބެހޭ ގޮތުން ވާހަކަ ދައްކައިފައިވާއިރު ޖޫހީ އާއި އިންނަން ބޭނުންވެސް އެވާހަކަ ޖޫހީގެ ބައްޕަގެ ގާތުން އެދުނުކަމަށް ބުނެ ވަނީ ވާހަކަ ދައްކާފައެވެ. އަދި އެކަމާއި ޖޫހީގެ ބައްޕަ ދެކޮޅު ހެދިކަމަށާއި ދެކޮޅު ހެދީ ކީއްވެކަން ނޭނގޭ ކަމަށް ސަލްމާން ވަނީ ބުނެފައެވެ.

"އަހަންނަށް ހީވަނީ އަހަރެންނަކީ އެމީހުން ބޭނުންވާ ކަހަލަ މީހަކަށް ނުވީހެން. ނޭނގެ އޭނާ ބޭނުންވަނީ ކޯންޗެއްކަމެއް" މިވީޑިއޯގައި ސަލްމާން ބުނެފައިވެއެވެ.

ދައުރުވަމުން އަންނަ ވީޑިއޯއާއި މެދު ޖޫހީ ބުނިގޮތުގައި އޭރު އެއީ އޭނާގެ ބޮލީވުޑް ކެރިއަރު ފެށިގެން އައި ދުވަސްވަރެވެ. އަދި އޭރު ސަލްމާން އަކީ އެންމެން ދަންނަ ސަލްމާންހާން ނޫންކަމަށާއި އޭރު ބޮލީވުޑްގެ ގިނަ މީހުން ނުވެސް އެނގޭކަމަށެވެ.

ޖޫހީގެ ފިރިމީހާ ޖޭ މެހެތާ އާއި ކައިވެނިކޮށްފައިވަނީ 1995 ވަނަ އަހަރުއެވެ. އަދި އެމީހުންގެ ދެ ދަރިންވެސް ތިބޭއިރު ސަލްމާން ހާން އަދި ދުވަހަކުވެސް ކައިވެންޏެއްކޮށްފައެއް ނުވެއެވެ.

  1. ކަރީން

    ސަލްމާނު އާ އިންނާނެ މީހަކު ނުވީތަ؟؟