ޚަބަރު ސިޔާސީ

ފައިސާއާއި ސަރުކާރުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކޮށްގެން ވޯޓު ހޯދުމަކީ މާ މޮޅުކަމެއް ނޫން: ވައްޑެ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ފައިސާއާއި ސަރުކާރުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކޮށްގެން ވޯޓު ހޯދުމަކީ މާ މޮޅުކަމެއް ނޫންކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަޙީދު (ވައްޑޭ) ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.

Ads by MWSC

ވައްޑެ ވިދާޅުވީ އެމްޑީޕީއަކީ ސިޔާސަތު ވިއްކައިގެން ވޯޓު ހޯދާ ޕާޓީއެއް ގޮތުގައި އޮތްއޮތުން ބަދަލުކޮށްލާފައިވާކަމަށެވެ.

"އެމްޑީޕީއަކީ ސިޔާސަތު ވިއްކައިގެން ވޯޓު ހޯދާ ޕާޓީއެއް ގޮތުގައި އޮތްއޮތުން ބަދަލުކޮށް، ފައިސާއާ ސަރުކާރުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކޮށްގެން ވޯޓުހޯދާ ޕާޓީއަކަށް ބަދަލުކޮށްލުމަކީ، ވެރިކަމުގައި ނެތް ދުވަހަކުން މިޕާޓީ ވަރަށް ނިކަމެތިވާނެ ކަމެއް. އެއީ މާމޮޅު ކަމެއް ނޫން." ވައްޑެ ވިދާޅުވެފައިވެއެވެ.

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ކެންޑިޑޭޓް ކާމިޔާބު ކުރުމާއެކު އިދިކޮޅުން ވަނީ ސަރުކާރުން އިންތިޚާށް ބޮޑެތި ނުފޫޒުތައް ފޯރުކޮށްފައިކަމަށް ތުހުމަތު ކޮށްފައެވެ.

އަދި މި އިންތިޚާބު ސަރުކާރުން ކާމިޔާބު ކުރިނަމަވެސް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރާނީ ޕީޕީއެމުންކަމަށް އިދިކޮޅުން ދަނީ ބުނަމުންނެވެ.

Ads by HDC
  1. މުޖުތާޒު

    ﷲގެ ވާގިފުޅއެކު ރިޔާސީ އިންތިހާބު ބޮޑުތަނުން ޕީޕީއެމް ކާމިޔާބު ކުރާނެ