Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ސިޔާސީ

އަޅުގަނޑުމެން މިދަނީ ބޮޑެތި ކާމިޔާބީތަކާ ދިމާލަށް: ޝާހިދު

އަޅުގަނޑުމެން މިދަނީ ބޮޑެތި ކާމިޔާބީތަކާ ދިމާލަށް: ޝާހިދު

ފެންނަމުންދަނީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ މާލިމީކަމުގައި ރާއްޖެއަށް ލިބެމުންދާ ތަރައްޤީ ރައްޔިތުން ލޯބިން ބަލައިގަންނަމުންދާތަން ކަމަށާއި މިދަނީ ބޮޑެތި ކާމިޔާބީތަކާއި ދިމާލަށް ކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ކާމިޔާބު ކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓަށް މަރުހަބާ ވިދާޅުވެ ކުރެއްވި ޓްވީޓެއްގައި ޝާހިދު ވިދާޅުވީ ގުރައިދޫ ދާއިރާ ރަން ރީނދުލުން ޖަރީވެއްޖެ ކަމަށެވެ. އަދި އޭގެ ފަހުން އިނގިރޭސި ބަހުން ކުރެއްވި ޓްވީޓެއްގައި އެމަނިކުފާނު ވިދާޅުވީ މިހާރު މިދަނީ ބޮޑެތި ކާމިޔާބީ ތަކާއި ދިމާލަށް ކަމަށެވެ.

https://twitter.com/abdulla_shahid/status/1647262374771163136

Advertisement
Allied Insurance — Square (box)

އިއްޔެ ބޭއްވި އިންތިހާބު އެމްޑީޕީގެ ކެންޑިޑޭޓް ޝާޒް ކާމިޔާބު ކުރައްވާފައިވަނީ ދާއިރާގެ މެޖޯރިޓީ ވޯޓް ހޯއްދަވައިގެންނެވެ.

ޝާޒާއި އެންމެ ގާތުން ވާދަ ކުރެއްވި ޕީޕީއެމްގެ ކެންޑިޑޭޓު ހުސައިން ރިޒާއަށް ލިބިފައިވަނީ 45.87 އިންސައްތަ ވޯޓެވެ.

މި އިންތިޚާބުގައި ވާދަކުރެއްވީ  ތިން ކެންޑިޑޭޓުންނެވެ. އެގޮތުން ކެންޑިޑޭޓް ނަމްބަރު އެކެއް ލިބުނީ ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރައްވާ އެ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހީމް ރިޒާގެ ކޮއްކޮ، ޙުސައިން ރިޒާ އަށެވެ. ކެންޑިޑޭޓް ނަމްބަރު ދޭއް ލިބުނީ އެމްޑީޕީގެ ޓިކެޓުގައި ވާކުރައްވާ އިބްރާހީމް ޝާޒް އަށް ކަމަށްވާއިރު ކެންޑިޑޭޓް ނަމްބަރު ތިނެއް ލިބުނީ އެމްއެންޕީން ވާދަކުރާ އަލީ އާރިފަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް