އިލިއާނާ އިނީ ބަލިވެ، އެންމެން ހޯދަނީ ދަރިފުޅުގެ ބައްޕަ!

ބޮލީވުޑްގެ މަޝްހޫރު ބަތަލާ އިލިއާނާ ޑިކްރޫޒް އިނީ ފުރަތަމަ ދަރިފުޅަށް ބަލިވެކަން ސޯޝަލް މީޑިއާގައި އިއުލާންކޮށްފިއެވެ.
އޭނާ މިކަން ހާމަކޮށްފައިވަނީ މިއަދު ހެނދުނު އޭނާގެ އިންސްޓަގްރާމް އެކައުންޓުގައެވެ. މިއާއެކު ފޭނުން ވަނީ ބަތަލާއަށް މަރުހަބާ ކިޔާފައެވެ. އެހެންނަމަވެސް އެދަރިފުޅުގެ ބައްޕަ އަކީ ކާކުތޯ ގިނަ ބަޔަކު އަންނަނީ ސުވާލުކުރަމުންނެވެ. އިލިއާނާ އޭނާގެ ދަރިފުޅުގެ ބައްޕަ އަކީ ކާކުކަން ހާމަކޮށްފައެއް ނުވެއެވެ. މީގެ އިތުރުން ގިނަ ބަޔަކުވަނީ އޭނާ އުޅެނީ ކައިވެނިކޮށްގެންތޯވެސް އަހާފައެވެ. މިއިން އެއްވެސް ސުވާލަކަށް އޭނާ ޖަވާބު ދީފައި ނުވާކަންވެސް ފާހަގަކޮށްލެވެއެވެ.
އިލިއާނާގެ އިންސްޓަރގްރާމް ޕޯސްޓަށް އޭނާގެ މަންމަވެސް ވަނީ ކޮމެންޓުކޮށްފައެވެ. މިގޮތުން މާމަ ދަރިފުޅު އަންނަނީކަމަށާއި އެ ދަރިފުޅަށް ކެތްމަދުވެފައިވާކަމަށް އިލިއާނާގެ މަންމަވަނީ ބުނެފައެވެ.
އޮސްޓްރޭލިއާގެ ފޮޓޯގްރާފަރު އެންޑްރޫ ނީބޯންއާ އިލިއާނާ ލޯބީގެ ގޮތުން ގުޅިގެން ގިނަ ދުވަސްތަކެއްފަހުން 2019 ވަނަ އަހަރު އެގުޅުން ނިމުމަކަށް އައިސްފައިވާކަމަށް ބައެއް ނޫސްތަކުން ބުނެފައިވެއެވެ. އޭގެފަހުން ކެޓްރީނާ ކައިފްގެ ބޭބެ ސަބޭސްޓިއަންއާއިވެސް އިލިއާނާ ރައްޓެހިވީ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ.
އިލިއާނާގެ ކާމިޔާބު ފިލްމްތަކަށް ބަލާލާއިރު "ބަރފީ"، "ރުސްތުމް" އަދި "މުބާރަކަން" ހިމެނެއެވެ.
މިހެންވެ ޒިނޭ ނުކުރަންވީ