ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޤާނޫނީ އެތައް ޙައްޤެއް ވަނީ ނިގުޅައިގަނެފައިކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް ވިދާޅުވީ ކުރިމިނަލް ކޯޓުގައި ކުރިޔަށްދާ ފުއްގިރި މައްސަލާގައި ދައުލަތުން ހުށައަޅާފައިވާ ހެކީގެ މައްސަލަ ސުޕުރީމް ކޯޓުގައި ރައީސް ޔާމިންގެ ފަރާތްޕުޅުން އިސްތިއުނާފު ކުރައްވާފައި ވަނިކޮށް އެމައްސަލާގައި ސުޕުރީމްކޯޓުގެ ފައިސަލާއެއް ނެތި ކުރިމިނަލް ކޯޓުގައި މައްސަލަ ކުރިޔަށް ގެންދިއުމަކީ ޖިނާއީ އިޖުރާތު ޤާނޫނު އަދި ހެއްކާ ބެހޭ ޤާނޫނުން ރައީސް ޔާމީނަށް ލިބިގެންވާ ޙައްޤުތަކެއް ނިގުޅައިގަތުން ކަމަށެވެ.
"ޤާނޫން އަސާސީގެ 20 ވަނަ މާއްދާއިން ޤާނޫނުން ލިބިދޭ ރައްކާތެރިކަންް ހަމަހަމަ ކަމާއިއެކު ލިބުމަކީ ރައީސް ޔާމީނަށް ވެސް ކަށަވަރުކޮށްދޭން ޖެހޭ ހައްޤެއް ކަމާ އަދި ހަމަ ޤާނޫނު އަސާސީގެ 42 ވަނަ މާއްދާއިން ޢަދުލުވެރިކަމާއި ހާމަކަމާއެކު ޝަރީއަތްކުރުމުގެ ޙައްޤުން ވެސް އެމަނިކުފާނު މަޙުރޫމު ކުރުމަކީ އެމަނިކުފާނަށް ދެވޭ ވަރަށް ބޮޑު އަނިޔާއެއްކަން ފާހަގަކުރަން" ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް އިތުރަށް ވިދާޅުވީ މީގެ ކުރިން ލައިވްކޮށް ކުރިޔަށް ގެންދިޔަ ޝަރީއަތްތައް މިހާރު ގެންދަނީ ކޯޓަށް ހާޟިރު ނުކޮށް ލައިވުނުކޮށް އޮންލައިންކޮށް ކަމަށާއި މިގޮތަށް ޝަރިއަތް ކުރިއަށް ގެންދަންޖެހޭ އެއްވެސް ސަބަބެއް ނުވިސްނޭކަމަށެވެ.
"މީގެ ކުރިން ލައިވުކޮށް ކުރިޔަށް ގެންދިޔަ ޝަރީއަތްތައް މިހާރު ގެންދަނީ ކޯޓަށް ހާޟިރު ނުކޮށް ލައިވުނުކޮށް އޮންލައިންކޮށް ގެންދަންޖެހޭ އެއްވެސް ސަބަބެއް ނުވިސްނޭ ރައްޔިތުންނަށް ސިއްރުން ދަޢުލަތުން ރައީސް ޔާމީނަށް އަނިޔާދިނުން ފިޔަވާ" ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ ރައީސް ޔާމީނަކީ ތަޙުޤީގުތަކާ ޝަރީޢަތްތަކަށް ފިއްލަވައިގެން އުޅުއްވާ ބޭފުޅެއްނޫން ކަމަށެވެ. އަދި އެމަނިކުފާނަށް އަނިޔާދީ އަނިޔާވެރިވުމަކީ ދިވެހި އެއްވެސް ރައްޔިތަކު މަޢާފުކުރާނެ ކަމެއްނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ދިވެހި ރައްޔިތުންގެ އެެތައްމިލިޔަން ރުފިޔާ ޔާމީން ވަގައްނަގިފި