ޚަބަރު ސިޔާސީ

މި ސަރުކާރަށް ވުރެ ހުޅުވައިލައިގެން ކަންކަންކުރާ ސަރުކާރެއް ނާންނަކަމަށް ވިދާޅުވުމުން އުޝާމް ފާޑުކިޔުއްވައިފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

މިސަރުކާރަށް ވުރެ ހުޅުވާލައިގެން ކަންކަންކުރާ ސަރުކާރެއް ނާންނަކަމަށް ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވުމުން ވިދާޅުވުމުން ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަޙުމަދު އުޝާމް ފާޑުކިޔުއްވައިފިއެވެ.

Ads by Hajj Corporation

ސަރުކާރަށް ފާޑުވިދަަޅުވެ އުޝާމް ވިދާޅުވީ މޮރިޝަސްއަށް ސިޓީއެއް ފޮނުވިކަންވެސް ދިވެހި ރައްޔިތުންނަށް ރޭކާލީ މޮރިޝަސްގެ ވަކީލުން އެވާހަކަ ދެއްކުމުން ކަމަށެވެ.

"ފޮރިން މިނިސްޓަރު ވިދާޅުވަނީ މިސަރުކާރަށް ވުރެ ހުޅުވާލައިގެން ކަންކަންކުރާ ސަރުކާރެއް އަދި މިހާތަނަށް ނާންނަކަމަށް. ހުޅުވާލައިގެން ކަންކަން ކުރާލެއް ބޮޑުކަމުން ރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލޭގޮތަށް ރައީސުލްޖުމްހޫރިއްޔާ މޮރިޝަސްއަށް ސިޓީއެއް ފޮނުވިކަން ވެސް ދިވެހި ރައްޔިތުންނަށް ރޭކާލީ މޮރިޝަސްގެ ވަކީލުން އެވާހަކަ ދެއްކުމުން" އުޝާމް ވިދާޅުވިއެވެ.

ރާއްޖެއާއި މޮރިޝަސްގެ އިމުގެ މައްސަލާގައި ގިނަ ބައެއްގެ ފާޑުކިޔުންތައް ސަރުކާރަށް ވަނީ އަމާޒުވެފައެވެ.

އަދި މިއީ ރައީސުލްޖުމްހޫރިއްޔާ މަގާމުން އިސްތިއުފާ ދޭންޖެހޭ ކަމެއްކަމަށް އިދިކޮޅުން ދަނީ ބުނަމުންނެވެ.

އެހެންނަމަވެސް ސަރުކާރުން ގެންދަނީ މިއީ ދިވެހިންނަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ބުނަމުންނެވެ.

 

Ads by HDC
  1. ދިސްވޭ

    ރާއްޖެތެރޭގެ ހޮސްޕިޓާ ތަކުގައި މަސައްކަތް ކުރާނެ ދިވެހި ޑޮކްޓަރުން އަދި ރާއްޖެތެރޭ ސްކޫލް ތަކުގައި ކިޔަވާދޭނެ ކޮލިޓީ ދިވެހިޓީޗަރުން ނުވާނެއޭ މުސާރަ ބޮޑު ކުރިނަމަވެސް މީގައި އެހެން ހުރިހާ ކަންކަމާއި މާހައުލާއި މާހައުލުގައި އުޅޭ މީހުން ވެސް ވަރަށް ބޮޑު ރޯލެއް ކުޅެއޭ ކަން މިހެން ހުރުމުން ރާއްޖެތެރޭގެ އާބާދީގައި 10 ހާހަށް ވުރެން ދަށް ނަމަ އެފަދަ ރަށްތަކުގެ މީހުން މާލެ ސަރަހައްދަށް ބަދަލު ކޮށް އެފަދަ ރަށްތައް ފަޅުކޮށްލާ ކުއްޔަށްދޭންވީ ދަނޑުވެރިކަމަށް ކުއްޔަށްދޭންވީއޭ…