ޚަބަރު ސިޔާސީ

ދުންޔާ ރައީސަށް: ރަސްކަމަށް ކޮލިލުމުގެ ރަސްމިއްޔާތުގައި ޒޫމް ކޯލަކުންވެސް ބައިވެރިވެވިދާނެ

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ނޫސްވެރިންގެ ބައްދަލުވުމެއްގައި ދުންޔާ ވާހަކަ ދައްކަވަނީ: ދެން އިމޭޖްސް

އިނގިރޭސި ރަސްގެފާނު ޗާލްސް ރަސްކަމަށް ކޮލިލުމުގެ ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އިނގިރޭސި ވިލާތަށް ވަޑައިގެންނެވުމުން ދުންޔާ މައުމޫން ފާޑު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ދުންޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޓެކްސްޕޭޔަރުންގެ ފައިސާއިން 9 މިލިއަން ހަރަދު ކޮށްގެން ދަތުރުކުރާއިރު ކުޑަކުދިންގެ ހިޔާއަށް މިއަހަރު ބަޖެޓުކުރީ 9 މިލިއަން ރުފިޔާކަމަށެވެ.

"އިނގިރޭސީ ޝާހީއާއިލާގެ ކޮންމެވެސް ބޭފުޅެއްގެ ހިނިތުންވުމެއް ލިބޭތޯ ޓެކްސްޕޭޔަރުންގެ ފައިސާއިން 9 މިލިއަން ހަރަދު ކޮށްގެން ދަތުރުކުރާއިރު ކުޑަކުދިންގެހިޔާއަށް މިއަހަރުބަޖެޓުކުރީ 9 މިލިއަންރުފިޔާ. އިސްކަންދެނީ ކޮންކަމަކަށްތޯ. ތިރަސްމިއްޔާތުގައި ޒޫމު ކޯލަކުން ބައިވެރި ވެވިދާނެ.!" ދުންޔާ ވިދާޅުވިއެވެ.

އިނގިރޭސި ވިލާތުގެ ރަސްގެފާނު ޗާލްސް 3 ވަނަ، ރަސްކަމުގެ ތަޚުތުގައިވެޑުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އިނގިރޭސިވިލާތަށް ފުރާވަޑައިގެންނެވީ ރޭގެ ވަގުތެއްގައެވެ.

ރަސްގެފާނު ޗާލްސް ތަޚުތުގައި ވެޑުވުމުގެ ރަސްމިއްޔާތު ވެސްޓް މިނިސްޓަރ އަބޭގައި އޮންނަ ހަފުލާގައި 2000 އަށްވުރެ ގިނަ މެހެމާނުން ބައިވެރިވާނެއެވެ.

Ads by Allied Insurance
 1. ހުސޭނުބެ

  އާދެ ކަމަނާ ބައްޕަގެ ކިޔުބާ ދަތުރުފަޅު ހަދާން އެބަހުރިތޯއެވެ؟ އެޒަމާނުގައި އެ ދަތުރަށް ދިޔަ ހަރަދު އެނގޭތޯއެވެ. މާ އަނގަ ފުޅާވެގެން އުޅެންޏާ ބޭޒާރުވާނީ ތިމާގެ ބަފައެވެ.

 2. އިބުރަހީމް

  ދުންޔާ ތިވާހަކަ ދައްކާއިރު އަމިއްލަ ބޭބޭފުޅު ވެރިކަމުގަ ތިކަހަލަ ކިތައްދަތުރު ކުރެއްވިތޯ؟
  ޢަދި ބައްޕާފުޅު ވެރިކަމުގަ ކިތައް ދަތުރު ތިކަހަލަ ކުރެއްވިތޯ؟ ތިގޮތައް ހިސާބު އެއިރު ނުބެލީ ކީއްވެތޯ؟

  • ބޮންދު

   ކަމަނާމެންގ ނާސްތާކޮޅުތައ ފްލައިޓ ތަކުގ ގެނައ ހަންދާް ނެތުނީތ. ޖާހިލުގައްދާރުން

 3. އަހްމަދް

  ކަމަނާ ފާހާނާޔަށް ދަނީ އެސްއެމްއެސްގެ އެހީގަތޯ. .ހަމަހަހާލީ

 4. ހައްވަ

  މީހަކު އެއްޗެއް ބުނެފިނަމަ ހަޖަމު ނުވާ ކިތައް މީހުން އެބައުޅޭބާ؟ ހައްތާވެސް ބައިތުލްމާލުން ބައި އަޅާ ރޮބޮޓުން. ހެހެހެ.