ކޮވިޑް19: ހިތަދޫ އިން އިތުރު މީހަކު ފައްސިވެއްޖެ

އައްޑޫ ސިޓީ ހިތަދޫން އިތުރު މީހަކު ކޮވިޑަށް ފައްސިވެއްޖެއެވެ.
އޮންލައިން ނޫހެއް ކަމަށްވާ ވަގުތުގައި ބުނެފައިވާ ގޮތުގައި ފައްސިވެފައިވަނީ ހޯމް ކަރަންޓީނުގައި ހުރި މީހެކެވެ.
މިކަން އެޗްއީއޯސީން އެ ނޫހަށް ކަށަވަރުކޮށްދީފައިވާ ކަމަށް ވެސް ރިޕޯޓުކޮށްފައިވެއެވެ.
އެރަށުން ފައްސިވެފައިވަނީ 38 އަހަރުގެ ފިރިހެނެކެވެ.
މި މީހާ ކޮވިޑަށް ފައްސިވެފައިވާ ކަން އެނގިފައިވަނީ ކަރަންޓީނުގެ މުއްދަތު ނިމުމަށްފަހު ހެދި ޓެސްޓުންނެވެ.