ޚަބަރު ސިޔާސީ

ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ގެންގޮސްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދުގެ އިތުބާރު ނެތްކަމަށް އިދިކޮޅު ފަރާތްތަކުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ އަނބުރާ ގެންގޮސްފިއެވެ.

Ads by Sosun Fihaara

ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ ޗާގޯސްގެ މައްސަލައިގައި، ރާއްޖެއިން މޮރިޝަސްއަށް ރާއްޖޭގެ ކަނޑު ވިއްކާލި ކަމަށް ތުހުމަތުކޮށެވެ.

މި މައްސަލައިގައި އިދިކޮޅުންވަނީ އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ވެސް މަޖިލީހަށް ވައްދާފައެވެ. އެ މައްސަލަ ބަލައިގެންފައިވާކަމަށް މިއަދު މަޖިލީހުގެ އިދާރާއިން ހާމަކޮށްފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހެނދުނު ހުށަހެޅި އަބްދުﷲ ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މިއަދު ހަވީރު ވަނީ އަނބުރާ ގެންގޮސްފައެވެ. މި މައްސަލަ އަނބުރާ ގެންދިޔަ ސީދާ ސަބަބެއް ސާފު ވެފައެއް ނުވެއެވެ.

 

  1. ޝާހިދަށް އޮތީދެގިތެއް ޔާމީނާއި އަދީބް މިނިވަން ކުރުން ނޫނީ ވޯޓް ނެގުން !