ކޮވިޑް-19: އިންޑިއާގެ ވެކްސިން އެންމެ އަވަހަށް ފޯރުކޮށްދޭ ޤައުމަކަށް ރާއްޖެ!

ކޮވިޑް-19 އިން ރައްކާތެރިވުމަށް އަވަށްޓެރި އިންޑިއާއިން ވެކްސިނެއް އުފެއްދިއްޖެނަމަ، އެންމެ އަވަހަށް ފޯރުކޮށްދޭ ޤައުމަކަށް ރާއްޖެ ވާނެ ކަމުގެ އިޝާރާތެއް އެޤައުމުން ދީފިއެވެ.
ރާއްޖެ ޓީވީގެ "މޯލްޑިވްސް ވީކްލީ" އަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަ ސަފީރު ސަންޖޭ ސުދީރު ވިދާޅުވީ ރާއްޖެ އަކީ އިންޑިއާގެ އެންމެ ގާތް އެކުވެރި ގައުމު ކަމަށާއި، ހަމަ އެފަދައިން އިންޑިއާ އަކީ ރާއްޖޭގެ އެންމެ ގާތް އެކުވެރިޔާ ކަމަށެވެ.
އެހެންކަމުން ކޮވިޑުގެ ބަލިމަޑު ކަމުގެ އިތުރުން ރާއްޖެ އަށް ދިމާވާ ކޮންމެ ކާރިސާއެއްގައި ވެސް އިންޑިއާ އަކީ އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދޭނެ ޤައުމުކަން ސަފީރު ވަނީ ފާހަގަ ކުރައްވާފައެވެ.
ކޮރޯނާ ވައިރަހާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް އިންޑިއާއިން ޓެސްޓުކުރާ ވެކްސިން އުފައްދަން ސައިންސްވެރިން ހުއްދަ ދިނުމުން، ފުޅާ ދާއިރާއެއްގައި އެވެކްސިން އުފައްދާނެ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ އެޤައުމުގެ 74ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައެވެ. އެގޮތުން އިންޑިއާއިން ތިން ވެކްސިނެއް ސައިންސްވެރިން ޓެސްޓު ކުރަމުން އަންނައިރު، އެތިން ވެކްސިން ވެސް ކާމިޔާބު ވާނެކަމުގެ ޔަގީންކަން އެޤައުމުން ވަނީ ދީފައެވެ.
ހެޔޮނުވާނެތިތިތިތިތިތިތިތިތިތިތިތިތ ހިލޭ ލިބުނަސް ތި އިންޑިޔާއިން ިނުގެންނާތި. ނަތީޖާ ބަލަން މި ގައުމު ކަތިނުލާތ
ވެކްސިން ޓެސްޓް ކިރާނީ. ދިވެހިން ގަޔަށް ޖަހައިގެންނޭ ބުނުމް މާ ރަނގަޅު