ޚަބަރު ސިޔާސީ

އާޒިމް އެމްޑީޕީން ވަކި ކުރީ 1 އަހަރަށް، އަލުން ވަދެވޭނީ 100 މެމްބަރުންނާއެކު!

އާމިނަތު ސަޒްރާ ، ދެން އޮންލައިން

އެމްޑީޕީގެ އަސާސީ ގަވާއިދާ ހިލާފަށް މަސައްކަތް ކުރިމައްސަލައިގައި، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެ ޕާޓީން ވަކި ކުރީ އެއް އަހަރު ދުވަހުގެ މުއްދަތަށް ކަމަށާއި އަލުން އެމްޑީޕީއަށް ވަދެވޭނީ އެޕާޓީއަށް ވަންނަން އެދޭ 100 މީހުންގެ ސައްހަ ފޯމާއެކު ޕާޓީއަށް ވަންނަން އެދޭ ފޯމު ހުށައެޅުއްވުމުން ކަމަށް އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީން ބުނެފިއެވެ.

Ads by Hajj Corporation

ފިޔަވަޅު އަޅާ ކޮމިޓީގެ ނިންމުމުގައި ބުނެފައިވާގޮތުން 1 އަހަރު ފަހުން އާޒިމަށް އަލުން އެމްޑީޕީއަށް ވަދެވުނު ނަމަވެސް  ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް އެމްޑީޕީގެ އެތެރޭގެ އެއްވެސް އިންތިހާބެއްގައި އޭނާއަށް ވާދައެއް ނުކުރެވޭނެއެވެ.

އޭނާއަށް ފިޔަވަޅު އަޅަން ހުށަހެޅީ ޗާގޮސް މައްސަލާގައި އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދާ އިތުބާރު ނެތް ކަމުގެ ވޯޓުތަކުގެ ތެރެއިން އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ މައްސަލާގައި ސޮއި ކުރެއްވުމާއި އިދިކޮޅު މުޒާހަރާއާ ގުޅޭ ގޮތުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމުންނެވެ.

ތަކުރާރުކޮށް، ވިޕްލައިނާ ޚިލާފުވެފައިވާތީ ފިޔަވަޅު އަޅައިދޭން ޕާލަމަންޓްރީ ގްރޫޕުން އެދިފައިވާ އަނެއް ހަތަރު މެމްބަރުންނަކީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ޙަސަން ލަތީފާއި، ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބާއި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު ޢަބްދުއްލަޠީފާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީއެވެ.

Ads by HDC
  1. އަބްދޫ

    އާޒިމް ޑީއާރުޕީގަ މެމްބަރުކަމަށް އައީވެސް އެމްޑީޕީގެމެމްބަރަކަށް އައީ ވެސް އަމިއްލަ ސަޕޯޓް ގަ . ވީއިރު 100 މެމްބަރުން ހަމަކޮށްގެން އެމްޑިޕީއަށް ވަންނަންވީ ކީއްވެ ؟ 5000 މެމްބަރުންގޮވައިގެން ކޮންމެ ޕާޓީއަކަށް ދިޔަޔަސް އާޒިމަށް މަރުހަބާކިޔާނެ.