ޚަބަރު ސިޔާސީ

ސަރުކާރުން ފުއްދީ އެންމެ ވަޢުދެއް، އެއީ ރައީީސް ޔާމީން ޖަލަށްލުން: މޮސްޓާ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

މި ސަރުކާރަށް ފުއްދުނު ހަމައެކަނި ވަޢުދަކީ، ކުރީގެ ރައީސް ޔާމީން ޖަލަށް ލުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުޙައްމަދު ނަޝީދު އަބްދުﷲ(މޮސްޓާ) ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރައްޔިތުންގެ މަޖިލިސް، މި އަހަރުގެ ދެވަނަ ދައުރަށް ހުޅުވުމަށް މިއަދު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މޮސްޓާ ވިދާޅުވީ، ރައީސް ޔާމީން ޖަލަށް ލުން ނޫން އެހެން ވަޢުދެއް، މި ސަރުކާރަށް ފުއްދިފައި ނުވާ ކަމަށެވެ.

"އެ ވަޢުދު ފުއްދާ ވަރަށް ރަނގަޅަށް، ވަރަށް ރަނގަޅަށް އެ ވަޢުދު ފުއްދާ، ބޭނުން ގޮތަކަށް، ބޭނުން ގަޑިއަކު ކޯޓުތައް ހުޅުވައިގެން އެ ވަޢުދު ފުއްދާ. ޢަދުލުވެރި ފަނޑިޔާރުގެ، ބޭނުންވީމަ، މިއަދު ޝަރީޢަތް 1:30ގައި. އުހުން 1:30ގައެއް ނޫން، މިރޭ 9:30ގައި، އުހޫން 9:30ގައެއް ނޫން، 11:30ގައި. މިގޮތަށް ވިޔަސް، މި ވަޢުދު ފުއްދާ."

މޮސްޓާ ވަނީ މިސްކިތްތައް އޭސީ ވެސް ނުކުރެވުނު ކަމަށާއި، މަސްވެރިކަމާ ދަނޑުވެރިކަމަށް ވީ އެއްވެސް ވަޢުދެއް ވެސް ނުފުއްދޭ ކަމަށް ވިދާޅުވެފައެވެ.

"ތިމާވެއްޓެއް އެހެން އެއްޗެއް ކިޔާނެ ކަމެއް، އެއްވެސް ވަޢުދެއް ނުފުއްދާނެ މި ސަރުކާރުން."

އޭނާ އިތުރަށް ވިދާޅުވީ، ސަރުކާރުން ކަންތައް ކޮށްދެނީ ކައިރީގައި އުޅޭ، ދެ ތިން މެމްބަރެއްގެ ދާއިރާތަކަށް ކަމަށާއި، އެހެން ދާއިރާތަކަށް އަޅައިނުލާ ކަމަށެވެ.

Ads by Allied Insurance
  1. އެވަޢުދު ފުއްދުނުކަން އެއީ ކިހާބޮޑު ކާމިޔާބެއްކަން ކަލެޔަށް ނޭނގުނީތީ ވަރައް ދެރަ!