ދުންޔާ ވިދާޅުވެދެއްވީ ރައީސް ޞާލިޙު ރައީސް އޮފީހުގައި އިންނަވަން "ފިޓް" ނުވާ ސަބަބުތައް!

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ރައީސް އޮފީހުގައި އިންނަވަން ފެނިވަޑައިނުގަންނަވާ ނުވަތަ "ފިޓް" ނޫން ސަބަބުތައް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެ ދެއްވައިފިއެވެ.
ދުންޔާ ކުރެއްވި ޓްވީޓެއްގައި ރައީސްއަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރައްވައިފައެވެ. މިގޮތުން ބިޑަށް ނުލައި ޕާޓީގެ ބޭފުޅުނަށް ރަށްތައް ދެއްވިކަމަށާއި ރައީސް ހުންނަވަނީ ވިސްނާނުލައި "ކޮންމެ އެއްޗެއްގައި" ވެސް ސޮއިކުރައްވާން ތައްޔާރަށްކަމަށް ދުންޔާ ވިދާޅުވިއެވެ. މީގެ އިތުރުން މުސްތަޤްބަލުގެ ރިސޯސަސްތައް އިސްރާފުކުރައްވާކަމަށް ދުންޔާ ވަނީ ތުހުމަތު ކުރައްވައިފައެވެ.
މީގެ އިތުރުން ރައީސް ޞާލިހުގެ މިނިސްޓަރުންވެސް އެމަނިކުފާނު ފެއިލް ވެފައިވާކަމަށް ވިދާޅުވެފައިވާކަމަށް ދުންޔާ ވަނީ ވިދާޅުވެފައެވެ.
ޗާގޯސް މައްސަލައިގައި އިޓްލޮސްއިން އިއްވި ހުކުމާއެކު ދުންޔާ ގެންދަވަނީ މި ސަރުކާރާއި ރައީސް ޞާލިހަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުކުރައްވަމުންނެވެ.
މިގޮތުން ކަނޑުވިއްކުމާއި ދެކޮޅަށް އިދިކޮޅުން ހަދާފައިވާ ކޯލިޝަނުގައިވެސް ދުންޔާ ގެންދަވަނީ އިސްކޮށް ހަރަކާތްތެރިވަމުންކަން ފާހަގަކޮށްލެވެއެވެ.
ޠީ ތިވާހަކަ ދައްކަން އެންމެ ރަނގަޅު މީހަކީ
މީއީ ބީތާއެއް ހެން ހީވަނީ
މައުމޫން ވަރައްފިޓޯ 4 ކޭކިޔާބަލަ
ކަލޭގެ ބަފާއާއި ކަލޭގެ މުޅިއާއިލާ ދިވެހިރައްޔިތުންގެ ފައިސާ ކާލައިގެން މިހުރިހާ ދުވަހަކު އުޅުނުއިރު ފިޓުދޯ