ޚަބަރު

ބޮމުގެ ހަމަލާއާ ގުޅިގެން ރައީސް ޞާލިޙްގެ ބޮލުގައި އެޅުވީ ދޮގު އިލްޒާމެއް: މިއުވާން

ރައުފާ ރަޝީދު ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ރައިސް އިބްރާޙިމް މުހައްމަދު ސޯލިހްގެ އިސްތަށިފުޅުގައި އެޅުވީ ދޮގު އިލްޒާމެއް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

Ads by MWSC

ރައީސް އޮފީހުގައި މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިއުވާން ވިދާޅުވީ މޭ 6 އާ ގުޅުވާ ރައީސް ނަޝީދަށް ދެވުނު ހަމަލާގެ ވާހަކަ ރައީސް ޞާލިޙަށް ކުރިއާލާ އެނގޭ ކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.

“އެކަންކުރީ ސަރުކާރުން ބޭނުންވެގެންކަމަށް ދޭހަވާގޮތަކަށް ބައެއް ބޭފުޅުން ދެއްކެވި ވާހަކަތަކަކީ އެއްގޮތަކަށްވެސް އޭގެހަގީގަތެއް އެކުލެވޭ ވާހަކަތަކެއް ނޫން، ހަމަ ކަނޑައެޅިގެން ބޮޑު ދޮގެއް” މިއުވާން ވިދާޅުވިއެވެ.

މިއުވާން މިފަދައިން ވިދާޅުވީ ރައީސް ޞަަލިޙާއެކު މަސައްކަތް ނުކުރެވޭނެކަން އެނގުނީ ބޮމުގެ ހަމަލާއަށްފަހު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވުމާއި ގުޅިގެންނެވެ. ނޫހަކަށް އީވާ ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެ ބޮމަށް ފަހު ރައީސް ނަޝީދު ފަރުވާ ހޯއްދެވުމަށް ފަހު އަނބުރާ މާލެ ވަޑައިގަންނަވަންދެން އެންމެ ފަހަރަކު ވެސް، ރައީސް ޞާލިޙް، ރައީސް ނަޝީދަށް ހާލު އަހައިލަން ގުޅައިލާފައިނުވާ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!