ޚަބަރު

ރައީސް ޞާލިޙްގެ ލޯފަން ތިން ބެއިން އިމާމު ކަމުގެ ޑިގްރީ އަމިއްލަ އަތްޕުޅުން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އެއްބަޑު އެއްބަފާ ލޯފަން ތިން ބެއިންނަށް އިމާމު ކަމުގެ ޑިގްރީ ސެޓިފިކެޓް އެމަނިކުފާނު އަތްޕުޅުން ހަވާލުކޮށްދެއްވައިފިއެވެ.

Ads by MWSC

އިސްލާމިކް ޔުނިވަރސިޓީން އިމާމު ކަމުގެ ޑިގްރީ މި ތިން ބޭފުޅުން ހޯއްދެވިއިރު, އިތުރު 71 މީހަކު މި ޑިގްރީ ވަނީ ފުރިހަމަކޮށްފައެވެ.

ރައީސް ޞާލިޙްގެ އާއިލާގައި މިވަގުތު ދުނިޔޭގައި ތިއްބެވި 11 ބޭފުޅުންގެ ތެރެއިން ލޯފަން ތިން ބޭފުޅުންނަށް ވަނީ ބްލޮކް މޯޑްގައި އިމާމު ކަމުގެ ޑިގްރީ ހާސިލް ކުރައްވާފައެވެ. އެއީ މޫސާ މުޙައްމަދު ޞާލިޙާއި, އަބްދު ޝާޒްލީ އަދި ހުސެއިން ޝަޔާޒްއެވެ. މިތިން ބެއިންނަކީ ވެސް ޤުރުއާން ހިތުދަސް ހާފިޒުންނެވެ.

ރޭގެ ޖަލްސާގައި އިސްލާމިކް ޔުނިވަރސިޓީން އެކި ދަރަޖައިގައި 709 ދަރުވަރުން ދަސްވެނިވިއެވެ. އަދި 9 ދަރިވަރަކަަށް ބެސްޓް ސްޓޫޑެންޓް އިނާމު ލިބުނެވެ.

Ads by HDC
  1. އުވާލާ

    އިސްލާމިކް ޔުނިވަރސިޓީ ވަކިން އެބަހުރޭ ގައުމީ ޔުނިވަރސިޓީ އެއް ވަކިން އެބަހުރޭ ވަތަންގެ ޓޫރިޒަމް ދާއިރާ އަށް އެންމެ ބޮޑަށް ބޭނުންވެފައިވާ ފަންނީ މީހުން އުފެއްދުމުގައި ގައުމީ ޔުނިވަރސިޓީ ވަނީ ފެއިލް ވެފައޭ އަދި ވެސް އިންޖިނިއަރިންގް ގައި ހިމެނޭ ބީއީއީ އާއި މެކޭނިކަލް އިންޖިނިއަރިންގް އާއި މެކަޓްރޯނިކްސް ޑިގްރީ ފެންވަރަށް ކިޔަވާދޭން ނުފެށޭ ގައުމީ ޔުނިވަރސިޓީން ދެން އަނެއްކޮޅުން ސިވިލް އިންޖިނިއަރިންގް އިން މާސްޓަރސް ފެންވަރަށް ވެސް ކިޔަވާނުދެވޭ ގައުމީ ޔުނިވަރސިޓީން ނަަކަސް ތަޅަނީއޭ އެތަން ކުއްޔަށް ދޫކޮށްލަންވީ ވިލާ ކޮލެޖަށް ގައުމީ ޔުނިވަރސިޓީ އުވާލަންވީއޭ އެތަން އުވާލާ އުވާލާ އުވާލާ އުވާލާ އުވާލާ އުވާލާ އުވާލާ އުވާލާ އުވާލާ އުވާލާ އުވާލާ އުވާލާ އުވާލާ އުވާލާ އުވާލާ އުވާލާ އުވާލާ އުވާލާ އުވާލާ އުވާލާ އުވާލާ އުވާލާ އުވާލާ އުވާލާ އުވާލާ އުވާލާ އުވާލާ އުވާލާ އުވާލާ އުވާލާ އުވާލާ އުވާލާ އުވާލާ އުވާލާ އުވާލާ އުވާލާ

  2. މާޝާ ﷲ ! އިބޫ ސޯލިހަށް ދެވަނަ ދައުރުވެސް ދޭންވީ !