ޚަބަރު

މުދިމުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެންނަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން

މުދިމުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އިސްލާމިކް ޔުނިވާސިޓީގެ އިމާމު ކޯހުގެ ޑިގްރީ ކޯހުން ދަސްވެނިވި ފަރާތްތަކަށް ސެޓްފިކެޓް ހަވާލުކޮށްދެއްވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ މުދިމުންނަކީ ހަފުތާގެ ހަތް ދުވަހު ޗުއްޓީއެއް، އޯވަޓައިމެއް ނެތި މަސައްކަތް ކުރައްވަމުން ގެންދަވާ މުވައްޒަފުންތަކެއް ކަމަށެވެ.

އަދި މުދިމުންގެ މުސާރައަށާއި، ޗުއްޓީއަށް ހެޔޮ ބަދަލުތަކެއް ލަސްތަކެއްނުވެ ގެންނާނެ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ. މީގެ އިތުރުން އިސްލާމީ ޔުނިވަރސިޓީގެ ލެކްޗަރަރުންގެ މުސާރައަށް ގެންނަންޖެހޭ ބަދަލުތަކެއް ހުރިކަން ފާހަގަކުރެވިފައިވާކަމަށާއި ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ޕޭކޮމިޝަނާއި މިނިސްޓްރީ އޮފް ފިނޭންސްއާ ގުޅިގެން ކުރަމުންއަންނަ މަސައްކަތްތައް ނިމުމަކަށް އައިސްފައިވާކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ރައީސް ޞާލިޙްގެ އެއްބަޑު އެއްބަފާ ލޯފަން ތިން ބެއިންނަށް އިމާމު ކަމުގެ ޑިގްރީ ސެޓިފިކެޓް ވެސް އެމަނިކުފާނު އަތްޕުޅުން ވަނީ ހަވާލުކޮށްދެއްވާފައެވެ.

ރޭގެ ޖަލްސާގައި އިސްލާމިކް ޔުނިވަރސިޓީން އެކި ދަރަޖައިގައި 709 ދަރުވަރުން ދަސްވެނިވިއެވެ. އަދި 9 ދަރިވަރަކަަށް ބެސްޓް ސްޓޫޑެންޓް އިނާމު ލިބުނެވެ.

Ads by Ooredoo
  1. މިއަދު

    އިމާމުންނަކީ ބަންދުދުވަހުގެ ފައިސާއާއި އިތުރުގަޑީގެފައިސާ އެއްމެގިނައިން ލިބޭމީހުން ރައިސް އިބުރާހިމަށް އެނގެނީ ކޮންޗެއް

  2. ދޭންވީއޭ

    މާދަމާ ގައުމީ ޔުނިވަރސިޓީން މިކަން ފަށާނެ ބަލަންތިބޭތި ބަލަގަ ގައުމީ ޔުނިވަރސިޓީން ނުހިންގައޭ އާރުލާ ފިރިހެންވަންތަ އެއްވެސް ކޯހެއް މުޅިން ވެސް ދަކިއްލި ތަޅާ ކޯސްތަކޭ ހިންގަނީ 20 އަހަރު އެތަނަށްވީއިރު އަދި އެއް އިންޖިނިއަރިންގް ޑިގްރީ އަށް ކިޔަވާ ނުދޭ ހަމައެކަނި ކިޔަވާދެނީ 3 އަހަރު ދުވަހު ސިވިލް އިންޖިނިއަރިންގް ކޯހެއް އެވެސް އެކޯސް ނިންމި ކުދިންނަށް މާސްޓަރސް ހެދޭނެ ގޮތެއް ނޭގުނު އެޔުނިވަރސިޓީ ބޮޑުންނަށް ގައުމީ ޔުނިވަރސިޓީ ވިލާކޮލެޖަށްދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ