މުޖުތަމައުގެ ހަމަޖެހުންނެތި ގެނެވޭނެ ތަރައްޤީއެއް ނޯންނާނެ: ރައީސް ޞާލިޙް

މި ސަރުކާރުގެ އެންމެ މުހިންމު ސިޔާސަތަކީ މުޖުތަމައަށް ހަމަޖެހުން ގެނައުން ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙް މިހެން ވިދާޅުވީ, ދ. އަތޮޅު ދަރަނބޫދޫގެ ބަނދަރު ރަސްމީކޮށް ހުޅުވައިދެއްވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ޞާލިޙް ވިދާޅުވީ މި ސަރުކާރުން އެއްވެސް ރަށެއްގެ މެދުގައި ތަފާތު ކުރުމެއްނެތި، ރަށްރަށަށް ބޭނުންވާ އަސާސީ ކަންކަން ކޮށްދެމުން އަންނަ ކަމަށެވެ.
މީގެކުރިން ރަށްރަށް ތަރައްގީގެ މަޝްރޫއުތައް ދިނުމުގައި އެދާއިރާގެ ރައްޔިތުންގެ ސިޔާސީ ވިސްނުމަށްބަލާ ތަފާތު ކުރުން ގެންގުޅެފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް މިސަރުކާރުން އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް މަސައްކަތް ކޮށްފައިވާނީ ތަފާތު ކުރުމެއްނެތި ރަށްރަށް ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށްކަމަށް ވިދާޅުވިއެވެ.
އަދި އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ފިކުރުގެ ތަފާތުކަމަށް ނުބަލާނެ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ސޯލިހް ވަނީ ދަރަނބޫދޫ ބަނދަރު މަސައްކަތްކުރިއަށްދިޔަ އިރު ކައުންސިލްގެ ފަރާތުން ދެއްވި އެއްބާރުލުމަށް އަދި ރައްޔިތުން ބޭނުންވި ގޮތަށް މަސައްކަތް ކުރުމުގައި ލިބުނު އެއްބާރުލުމަށް ހުރިހާ ފަރާތްތަކަށް ޝުކުރާއި މަރުހަބާ ދަންނަވާފައެވެ.
ރައީސް ޞާލިޙްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ, އެންމެ މުހިންމު ކަމަށްވާނީ ހަމަޖެހުން ޤާއިމް ކުރުން ކަމަށާއި, ހަމަޖެހުމެއް ނެތި ގެނެވޭނެ ތަރައްޤީއެއް ނޯންނާނެ ކަމަށެވެ.
“އަޅުގަނޑުމެން 2018 ވަނަ އަހަރު ވެރިކަމަށް އައިއިރު ރާއްޖޭގައި އޭރު އޮތް ހާލަތު, ހަލަބޮލި ކަމަށާއި ހަމަނުޖެހުމާއި ބިރުވެރިކަމާއި, ތި ވިދާޅުވާހެން ތަފާތުވުންތަކާއެކީގައި ސަރުކާރުން ކަން ކުރަމުން ދިޔައީ” ރައީސް ޔާމީންގެ ސަރުކާރާއި ގުޅޭ ގޮތުން ރައީސް ޞާލިޙް ވިދާޅުވިއެވެ.
“ޚިޔާލު ތަފާތުވުންތަކާއެކީގައި ކުރިޔަށް ދިއުން ނޫން ގޮތެއް ސަރުކާރަކަށް ނޯންނާނެ. ޚިޔާލު ތަފާތުވުންތަކާއެކީގައިވެސް ސަރުކާރުން ފޯރުކޮށްދޭން ޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުން”







ކޮމެންޓް