ވަޒީފާއިން ކަނޑާލި ޒުވާނުން މި ސަރުކާރު ގެންނަން ކުރި މަސައްކަތް މިނާ ނުކިރޭނެ ކަމަށާއި ރައީސް ޞާލިޙަކީ ފިނޑި ވެރިއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އީވާ ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
އީވާ މިފަދައިން ވިދާޅުވީ އެންވަޔަރަމެންޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އަންސާރާއި އެ މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓާ އަޙްމަދު ޙަމްދާނު އަދި ޙަމްދާނުގެ އަނބިކަނބަލުން ހޯމް މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް އާއިޝަތު އަލައިކާ މަޤާމުން ވަކިކުރުމާ ގުޅިގެންނެވެ.
މިކަމާއި ގުޅިގެން އީވާ ވިދާޅުވީ ވަޒީފާއިން ކަނޑާލި ޒުވާނުން މި ސަރުކާރު ގެންނަން ކުރި މަސައްކަތް މިނާ ނުކިރޭނެ ކަމަށެވެ. އަދި ޚިޔާލު ތަފާތުވާ ކޮންމެ މީހަކު ނިކަމެތި ކުރާނަމޭ ހީކޮށް އުޅޭއުޅުމުން އިތުރުވާނީ ނަފްރަތު ކަމަށާއި ރައީސް ޞާލިޙަކޯ ފިނޑި ވެރިއެއް ކަމަށް އީވާ ވިދާޅުވިއެވެ.
އަލައިކާ އާއި ހަމްދާންގެ އިތުރުން ދަ ޑިމޮކްރެޓްސް ޕާޓީއަށް ސޮއިކުރައްވާ ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން އެ މަގާމުތަކުން ދަނީ ވަކިކުރަަމުންނެވެ.
މިކަމާއި ގުޅޭ ގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ މަގާމުތަކަށް ބޭފުޅުން އައްޔަންކޮށްފައިވަނީ އެމްޑީޕީގެ ސްލޮޓްތަކުގައި ކަމަށެވެ. އަދި އެމްޑީޕީން ވެސް އެ ބޭފުޅުން ވަކި ކުރާނެ ކަމަށް މިއުވާން ވިދާޅުވިއެވެ.
އޭނަ ފިނޑި ނުވެ ހުރީމަ އީވާ ނާއިބުރައީސްކަމުން ވަކިކުރަނީ .އީވާއާއި ނަސީދުގެ އަ،މިއްލަ އެދުން ބޮޑުވޭމް ހުރިހާކަމެއް ދާނީ ފަނުފުލުން.
ފިނޑިވެރިން މާރިއްޗަވެސް އެގޭ ކަންކަން ހަޖަމު ކުރަން ނުކެރި ބަލިވީމާ ޕާޓީން ވަކިވީ އެއީ ކަނބުލޯ ފިނޑިން ނަކީ
ކޮންކަމަކުން ފިނޑިވީ..؟ ނަޝީދުގޮތަށް ގޮތް ހުސްވެގެން އިސްތިއުފާއެއްނުދޭ. އެންމެ ބޮޑުއެކުވެރިޔާ ދުޝްމަން ވުމުންވެސް ކެތްތެރިކަމާއެކު އެ ހުންނެވީ ވެރިކަމުގައި.. ކޮންކަމަކުން ފިނޑިވީތޯ؟