ސަރުކާރުގެ މަޤާމްތަކުން މިއަދު ވަކިކުރީ އެމްޑީޕީގެ މެނިފެސްޓޯއެއް ތަންފީޒު ކުރަން އިނގޭނެ ޤާބިލް މީހުން : ރައީސް ނަޝީދު
ސަރުކާރުގެ މަޤާމްތަކުން މިއަދު ވަކިކުރީ އެމްޑީޕީގެ މެނިފެސްޓޯއެއް ތަންފީޒު ކުރަން އިނގޭނެ ޤާބިލް މީހުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު ދެެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެންވާރުމަންޓް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު އަހުމަދު ހަމްދާނާއި، ހޯމް މިނިސްޓްރީގެ ސީނިއާ ޕިލިސީ ޑިރެކްޓަރ އައިޝަތު އަލައިކާ އަދުނާނު އަދި އެންވާރުމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުޙައްމަދު އަންސާރު އަކީ ްއެމްޑީޕީ ސަރުކާރު 5 އަހަރު ދުވަހަށް ގެނައުމަށް އިންތިހާއަށް ބުރަ މަސައްކަތް ކުރި ޒުވާނުންތަކެއް ކަމަށެވެ.
އަދި އެއީ އެމްޑީޕީގެ މެނިފެސްޓޯއެއް ތަންފީޒު ކުރަން އިނގޭނެ ގާބިލް މީހުން ކަމަށާއި އެމީހުން މަޤާމުތަކުން ވަކިކުރުމަކީ ދިވެހިންނަށް ދެވޭ ގެއްލުމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އަލައިކާ، ހަމްދާން އަދި އަންސާރުގެ އިތުރުން ދަ ޑިމޮކްރެޓްސް ޕާޓީއަށް ސޮއިކުރައްވާ ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން މަގާމުތަކުން ދަނީ ވަކިކުރަަމުންނެވެ. މަގާމުން ވަކިކުރިކަން އަންގާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފޮނުވާފައިވާ ސިޓީތައް ވަނީ މީސް މީޑިއާގައި މިހާރު ދަނީ ދައުރުވަމުންނެވެ.
ތިމާއަކީ އެއްވެސް ފެންވަރެއް ހުރި މީހެއްނޫންކަން މާޒީން ސާބިތުވޭ. ވަޑާންގެއާއި ކުންފުނި ބަގުރޫޓް ކޮށްލީ 5 ރިސޯޓް ހިންގަނިކޮށް 2 ރިސޯޓާއި ލެޕްޓޮޕަކުންގައުހިންގާނަމޭކިޔާފަ އައިސް ގައުމު ވެސް ބަގުރޫޓްކޮށް ވެރިކަމަށް އައިއިރު އެއްވެސް އެކައުންޓެއްގަ ދަވްލަތާއި ރައްޔިތންނަށް ނިސްބަތްވާ ފައިސާއެއް ހުރިނަމަ ބޭނުންކޮށް ހުސްވީމަ ގާނޫނުއަސަސީ އުވާލާ ގަޑުބަޑުކޮށްފަ އަތުންދޫވެގެން އިސްތިއުފާދިނީ ގައުމު ބަގުރޫޓް ވަނީއޭ މާލީ އިދާރާ އައި އެމް އެފް އިން ބުނީމަ ތުރުތުރު އަޅައިގެންގޮސްފަ. މެރިޓައިމް ބީއޭ އެބައޮތެއްނު ގްރީކް ކައްޕިއެއްހުރި ބޯޓަކަށް އަރައިގެން ދަތުރުކުރަންދޭބަލަ.
އެމްޑީޕީހެމެމްބަރަކަށްނުވާއިރުއެމްޑީޕީމެނަފެސްޓޯތަމްސީލުކުރާކަށްނޭންގޭނެ
އެމީހުނައް ކޮންމަނި ފަސްޓޯ އެއް ހެދޭނީ ތީ ބަލި ވީމަ ބަލި ގަބޫލު ނުކުރާ މެނިފެސްޓޯ އިންތަކެއް
އެމްޑީޕީ ދެފަޅި ހަދައިގެންވެސް ވެރިކަން ލިބޭތޯ ތިޔަބަލީ، އަސްލު ރާއްޖޭގެ އެމްޑީޕީ ފަޅި އޮތީ އިބޫ ސޯލިހު ފަޅީގައި، ނަޝީދު ފަޅިވާނީ ކުޑަ ފަޅިޔަށް !