ޚަބަރު

ޒައިދު ރައީސް ނަޝީދަށް: އެމްޑީޕީ ތެރޭގައި ފިތުނަ އުފައްދައި ބައިބައި ކުރެއްވީ ވެރިކަމަށްޓަކައި

ރައުފާ ރަޝީދު ، ދެން އޮންލައިން

ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ފިތުނަ އުފައްދައި ބައިބައި ކުރެއްވީ ވެރިކަމަށްޓަކައި ކަމަށް ދީނީ ޢިލްމުވެރިޔާ ޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation
ޒައިދު ކުރެެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދުގެ “ވެރިކަންކުރެވޭފަދަ މެޓީރިއަލްއެއް” ނެތް ކަމަށެވެ. އަދި އެމްޑީޕީ ތެރޭގައި ބޮޑު ފިތުނައެއް އުފައްދައި ބައިބައި ކުރެއްވީވެސް ވެރިކަމަށްޓަކައި ކަމަށާއި އެކަމުގެ ކުފޫ ހަމަނުވިޔަސް ރިޔާސަތުން ވަކިކުރެވެންޖެހޭ ކަމަށް ޒައިދު ވިދާޅުވިއެވެ.
ޒައިދު މިފަދައިން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް ވަގަށް ގޮވައި ލަވަތަކެއް ޗެނަލް 13 އިން ދެއްކި މައްސަލައެއް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ބަލަން ފެށުމާ ދެކޮޅަށް އިދިކޮޅުން މަޖިލީހުގެ އިއްޔެގެ ޖަލްސާއަށް ކުއްލި މައްސަލައެއް ހުށަހެޅުމުން މައްސަލަ ބަލައިނުގަނެ މަޖިލީހުން ބޭރުކޮށްލުމާއި ގުޅިގެން ރައީސް ނަޝީދަށް ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެެވެ.

  1. އައްޔަ

    ޒައިދުވެސް ތިއުޅުއްވަނީ ލިބޭފައިސާކޮޅަކައް ނޫންތޯ ހޭބަލިވެގެން ޓްވީޓްކޮއްކޮއްފަ ދަނޱިއަލުވި ސޭޙު

    • މަލަސް

      ޝައިހު އިމްރަާނުމެން ނުކުމެ ރައްޔަތުން ކުރިމަތީ ދޮގުހަނދާ އޮޅުވާލީ ދުނިޔޭގެ އާރާބާރު ހޯދުމާއި ރައްޔިތުންގެ ފިތުނަ ފަސާދަ އުފައްދާކަށް ނޫންބާ؟ މުޅި އިލްމު ވެރިންގެ އަގުވަށްޓާލައިފިއޭ މިބައިމީހުން މަދުފައިސާ ކޮޅަކަން ވިކިގެން