ޚަބަރު ސިޔާސީ

އިތުބާރު ނެތް މައްސަލާގައި މަޖިލީހަށް ހާޒިރުވެ، ޖަވާބުދާރީ ވާން ރިފްއަތު ނިންމައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން
ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލާގައި މަޖިލީހަށް ހާޒިރުވެ، ޖަވާބުދާރީ ވެވަޑައިގަތުމަށް އެޓާނީ ޖެނަރަލް އިބްރާހިމް ރިފްއަތު ނިންމައިފިއެވެ.

Ads by MWSC

13 މެމްބަރުންގެ ސޮޔާއެކު ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނީ ރާއްޖެއާއި މޮރިޝަސްގެ ސަރަހައްދީ އިމުގެ މައްސަލައިގައެވެ. އިދިކޮޅުން ތުހުމަތު ކުރާ ގޮތުގައި, ރާއްޖޭގެ ވަކީލެއްގެ ގޮތުގައި ރިއްފަތު މަސައްކަތްކޮށްފައިވަނީ ރާއްޖޭގެ މަސްލަހަތު އިސްނުކޮށެވެ.

ރިފްއަތުއާ ދެކޮޅަށް، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު، އިތުބާރު ނެތްކަމުގެ މައްސަލައިގައި މަޖިލީހަށް ހާޒިރުވާން އަންގާފައިވީ ނަމަވެސް ދިފާއުގައި ވާހަކަ ދެއްކެވުމަށް މަޖިލީހަށް ހާޒިރުވުމުގެ ބަދަލުގައި ޖަވާބުދެއްވީ ލިޔުމުންނެވެ.

ނަމަވެސް އެކަމާ ގުޅިގެން ބަންޑާރަ ނައިބު ރައްޔިތުންގެ މަޖިލިހަށް ފަހުން ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، އޭނާ ލިޔުމުން ޖަވާބުދާރީވީ، ތަފްސީލީ ގޮތެއްގައި ރައްޔިތުންނަށް މައްސަލަ ސާފު ކޮށްދިނުމުގެ ނިޔަތުގައި ކަމަށެވެ.

އަދި މަޖިލީހަށް ހާޒިރުވެ ދިފާއުގައި އަނގަބަހުން މަސައްކަތް ކުރުމަށް ލިބިދީފައިވާ ހައްގުގެ ބޭނުން ހިފަން ނިންމާފައިވާ ކަމަށާއި އެ ބަހުސްގައި އަނގަބަހުން ދިފާއުވުމުގެ ފުރުސަތު ހަމަޖައްސައިދެއްވުމަށް ރިފްއަތު ވަނީ އެދިފައެވެ.

މަޖިލީހުގައި މިނިސްޓަރެއްގެ އިތުބާރު ނެތް ކަމަށް ފާސްވާނީ މެންބަރުންގެ ދެބައިކުޅަ އެއްބައިގެ އަޣުލަބިއްޔަތު ހާސިލްވެގެންނެވެ. އެހެންކަމުން ރިފްޢަތުގެ އިތުބާރު ނެތްކަމަށް ފާސްކުރެވޭނީ މަޖިލީހުގެ 87 މެންބަރުންގެ ތެރެއިން 43 މެންބަރުންގެ ތާއިދާއެކުގައެވެ.

  1. ނަންހާމަނުކުރަން

    ތިގޮތްމީގެކުރީންއޮތެންނުމިހާރުތިވީކިހިނެންތިހެންހެދީމާދެންވާނީވަށަފަރުމީހުންބުނާގޮތެވެއުބަށްޖެހުންމިހެންނެވެދެންވެސްބޮޑާނުވާށެވެ

  2. ޕޮރޮސިކިއުޓާ ޖެނެރަލް އޮފީސް ހިންގާނެ ޤާނޫނެއް ހެދިފާ އޮވޭ، ހަމަ އެގޮތަށް ބަންޑާރަ ނައިބްގެ އޮފީސް ހިންގާނެ ޤާނޫނެއްވެސް އޮންނަންޖެހޭ ޤާނޫނުގައި ބަންޑާރަ ނައިބުގެ މަސްއޫލިއްޔަތު ތަކާއި ވާޖިބް ތަށް ބަޔާން ކުރެވިދާނެ އޭރުން ނިޒާމް ރަގަޅުވާނެ !