ދުނިޔެ

ކޮވިޑް-19: ކޮންމެ ދުވަހަކު އެމެރިކާއިން މިބަލީގައި 1000 އަށްވުރެ ގިނަ މަރު!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ސީއެންއެން: ކޮވިޑް-19 އެންމެ ގަދަޔަށް ފެތުރެމުން އަންނަ އެމެރިކާގައި ކޮންމެ ދުވަހަކު 1000 އަށްވުރެ ގިނަ މީހުން މިބަލީގައި މަރުވަމުން އަންނަ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

Ads by Sosun Fihaara

އެގޮތުން އެޤައުމުން ޖުމްލަ 150،000 މީހުން ކޮވިޑް ބަލީގައި މަރުވެފައިވާކަމަށް ރިޕޯޓު ކުރިތާ އެންމެ 18 ދުވަސް ފަހުން މިހާރު އެއަދަދު ވަނީ 170،000 އަށްވުރެ މައްޗަށް އަރާފައެވެ.

ރިޕޯޓުތަކަށް ބަލާއިރު، މިއަހަރުގެ މާރޗް މަހުން ފެށިގެން 54 ދުވަސް ތެރޭ އެމެރިކާއިން ވަނީ 50،000 މީހުން ކޮވިޑަށް ފައްސި ވެގެން މަރުވެފައެވެ. އަދި މެއި މަސް ނިމެން ގާތްވިއިރު 100،000 އާއި އެއަދަދު ގާތް ކުރި ކަމަށް ވެސް ރިޕޯޓުތަކުން ބުނެފައިވެއެވެ.

އެމެރިކާގައި މިހާރު 5.4 މިލިއަނަށްވުރެ ގިނަ މީހުންނަށް މިބަލި ޖެހިފައިވާ ކަމަށާއި 170،052 މީހުން މިބަލީގައި މަރުވެއްޖެ ކަމަށް ޖޯންސް ހޮޕްކިންސް ޔުނިވާސިޓީގެ ޑޭޓާއިން ވަނީ ދައްކާފައެވެ.

ކުރިއަށް މިއޮތް ދުވަސްތަކުގައި ވެސް ކޮވިޑް-19 ފެތުރުން އެމެރިކާގައި މިހާލަތުގައި އޮންނަނަމަ، ސެޕްޓެމްބަރ 5 އާއި ހަމައަށް 189،000 އެއްހާ މީހުން މިބަލީގައި އެމެރިކާއިން މަރުވެދާނެ ކަމަށް އެމެރިކާގެ "ސެންޓަރ ފޮ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން" އިން މައުލޫމާތު ދެއެވެ.

ކޮރޯނާ ވައިރަހުން ރައްކާތެރިވުމުގެ ގޮތުން އުފައްދާ ވެކްސިން، އުފައްދާ ނިމެން އަދިވެސް ދުވަސްތަކެއް ނަގާނެކަމަށް ބުނެފައިވާއިރު އެމެރިކާގެ ސިއްޙީ މާހިރުން ބުނަމުން އަންނަނީ މިބަލީގައި އެންމެ ނުރައްލާ ބޮޑީ އުމުރުން ދުވަސްވީ މީހުންގެ އިތުރުން ކުޑަކުދިންނަށް ކަމަށެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!