އިންތިހާބުގެ ތިން މަސްކުރިން ސަރުކާރުން މަޖިލީހުގެ މަސައްކަތްތައް ހުއްޓުވީ ގަސްދުގަ: އީވާ
ރިޔާސީ އިންތިހާބަށް ތިން ވެފައި އޮއްވާ ސަރުކާރުން މަޖިލީހުގެ މަސައްކަތް ހުއްޓުވީ ގަސްދުގަ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި އީވާ ވިދާޅުވީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އާއި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަކީ މިވަގުތު ރާއްޖޭގައި ތިބި އެންމެ ތަޖުރިބާކާރު ސިޔާސީ ބޭފުޅުން ކަމަށެވެ.
“އެނގި ހުރެ ރިޔާސީ އިންތިހާބުގެ ތިން މަސް ދުވަސް ކުރިން މަޖިލިސް ޑެޑްލޮކަކަށް އެ ގެންދިޔައީ ކަށަވަރު ކުރަން ވެގެން ރައްޔިތުންގެ މަޖިލީހަށް ދެން ސަރުކާރު ޖަވާބުދާރީ ނުކުރެވޭނެކަން” އީވާ ވިދާޅުވިއެވެ.
އީވާ ވިދާޅުވީ ބާރުތައް ނަހަމަ ގޮތުގައި ބޭނުން ކުރުމަށް ސަރުކާރަށް މިއަށް ވުރެ ރަނގަޅު ހާލަތެއް ނެތް ކަމަށާއި މަޖިލީހުގެ މެޖޯރިޓީ ލީޑަރާއި ސަރުކާރު ގުޅިގެން މި މައްސަލަތައް މަޖިލީހަށް ވެއްދީ ގަސްދުގައި މަޖިލީހުގައި ”ޑެޑްލޮކް” އެޅުވުމުގެ ބޭނުމުގައި ކަމަށެވެ.
“އަޅުގަނޑު ގަބޫލު ކުރަނީ ސަރުކާރު ހިންގާ ޕާޓޯގެ މެޖޯރިޓީ އޮވެގެން، ގަސްތުގައޭ ރިޔާސީ އިންތިހާބަށް 3 މަސްވެފަ އޮއްވާ ވިސްނައިގެން އެނގި ހުރެގެންނޭ ޕާލިމެންޓް އެ ޑެޑްލޮކަކަށް އެ ގެންދިޔައީ. އެކަން އެ ކުރެއްވި ބޭފުޅުން، އެމްޕީ އަސްލަމް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް” އީވާ ވިދާޅުވިއެވެ.
ޖޭޕީގެ ނިންމުން އެއީ ރައްޔިތުންގެ ނިންމުމަށް ވާން ޖެހޭނީ މަމެން ލަދުން ބޯހަލާކުވިއޭ މަޖްލީހުގެ ނައިބް ރައީސް އީވާ ދިން އިންޓަރވިއު ބަލާފައި އިނގިރޭސި ބަހުން އަނގަވަށް ކޮށްފައި ވާހަކަ ދެއްކުމުން އަންހެންވެރިންނަށް ހީވަނީ އެމެންނަކީ ކިޔަވައިގެން ތިބި މީހުން ކަމަށް މަމެން ދެކެނީ ކަމަށްތޭ ތަމެން ދަންނަންތޭ ފޯރިއަރ ސީރީސް އީކްއޭޝަން ނުދަންނަންދޯ ދިވެހިން ވާހަކަ ދައްކަން ޖެހޭނީ ދިވެހިބަހުން ގާސިމްވެރިކަމުގައި މިފަދަ ގައުމީ ކަންކަން ގާސިމްގެ ވެރިކަމުގައި ރަނގަޅުކުރާނީ ކިހިނެއްތޭ ބްރޯކެން އިންގްލިޝް އިން މިރާއްޖޭގެ ދިވެހި އަންހެން ވެރިން ވާހަކަ ދެއްކުމަށް ވުރެން ރީތި ނޫންތޭ ދިވެހިބަހުން ވާހަކަ ދެއްކިއްޔާ…