މަޖިލިސް މަރުތަޅު އަޅުވައިގެން ނުތިބެވޭނެ: ރީކޯ މޫސަ
ރައްޔިތުންގެ މަޖިލިސް މަރުތަޅުއަޅުވައިގެން ނުތިބެވޭނެ ކަމަށާއި، އެކަމަކީ މަޖިލީހުގެ ރައީސް އާއި ނައިބުރައީސް އަަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު ރައްދު ދެއްވައިފިއެވެ.
މޫސަ ވިދާޅުވީ ގާނޫނު އަސާސީގެ ތިންވަނަ ބާބުގައިވާ 75 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މަޖިލިސް ހުއްޓުމަކަށް ގެނެސްގެން މަޖިލީހުގެ އަމީންއާއްމާއި ރިޔާސަތަށް ނުތިބެވޭނެ ކަމަށާއި އެކަމަކީ އެގޮތަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
ޤަވާއިދުގައިވާ ގޮތުން މަޖިލީހުގެ ރައީސްގެ މަޤާމުން ވަކިކުރުމުގެ ޤަރާރެއް މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ ނުވަތަ ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާނީ ނައިބު ރައީސްއެެވެ. އެ ގަވާއިދުގެ 206 ވަނަ މާއްދާގެ ދަށުން މަޖިލީހުގެ ނައިބު ރައީސް މަގާމުން ވަކިކުރުމުގެ ޤަރާރެއް މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ ނުވަރަ ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ ރައީސްއެވެ.
މޫސަ މިފަދައިން ވިދާޅުވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ ސަރުކާރުން އެއްފަހަރާ ހުށަހެޅީ މަޖިލިސް ޑެޑްލޮކަކަށް ގެންގޮސް އެ ބާރު ހުއްޓުވާލާފައި ބޭއްވުމަށް ކަމަށް އީވާ ވިދާޅުވުމާއި ގުޅިގެންނެވެ.
ކަލަޔަށް ހަމަ އެކަނި އުޅެވޭނީ.. ފައިސާ ނުދައްކާ ޗޯރު..
ގާނޫނުއަސަސީގެ 82 ށ ގަ ބުނާގޮތުން ރައީސާއި ނާއިބްރައީސް ނެތްނަމަ އަމަލުކުރަންޖެހޭނީ މަޖިލީހުގެ ގަވާއިދަށް މަޖިލީހުގެ ގަވާއިދުގަވަނީ މިހާތަނަށް ކުރަމުންއަންނަނީވެސް ރައީސާއި ނާއިބްރައީސް ނެތް ހާލަތުގަ މިހާރު ތިބި މެމްބަރުންގެތެރެއިން މެދުނުކެނޑި މަޖިލީހުގެ މެމްބަރުކަމުގާ ހުރ އެންމެ ގިނަދުވަސް ވި މެމްބަރަކާއި ރިޔާސަތު ހަވާލުކުރުން.. މިހާރު އަފިފު އާއި މަޖިލިސްގެ ރިޔާސަތު ހަވާލުކުރަނީވެސް ގޯސްކޮށް.