ޚަބަރު

ކޮވިޑް-19: ރިސޯޓަކުން ދެ މުވައްޒަފަކު ފައްސި ވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޕާކް ހަޔާތު މޯލްޑިވްސް ރިސޯޓުގައި މަސައްކަތް ކުރަމުންދާ ބިދޭސީ ދެ މުވައްޒަފަކު ކޮވިޑަށް ފައްސި ވެއްޖެއެވެ.

Ads by STELCO

އެރިސޯޓުގެ ދެ މުވައްޒަފަކު ކޮވިޑަށް ފައްސި ވެފައިވާކަން ހާމަ ކޮށްފައި ވަނީ ހެލްތު އެމަޖަންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ) އިންނެވެ. ފައްސިވީ  މިދެބިދޭސީންނާއެކު މިހާރު އެރިސޯޓުން ކޮވިޑަށް ފައްސިވީ މީހުންގެ އަދަދު މިވަނީ 15 އަށް އަރާފައެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރެން ފެށުމުން ފުރަބަންދު ކުރުމަށްފަހު ދިން ލުއިތަކާއެކު އަނެއްކާވެސް ވަނީ ބަލި ފެތުރޭ މިންވަރު އިތުރު ވާން ފަށާފައެވެ. އެގޮތުން މިހާރު މިބަލި މާލެ ސަރަޙައްދުގެ އިތުރުން އަތޮޅުތެރެއިން ވެސް އަންނަނީ ފެންނަމުންނެވެ.

މިހާތަނަށް މިބަލި އައްޑޫސިޓީ އާއި ފުވައްމުލައް ސިޓީގެ އިތުރުން 13 ރަށަކުން ވެސް ވަނީ ފެނިފައެވެ.
ރާއްޖޭން މިހާތަނަށް 5،785 މީހަކު ކޮވިޑަށް ފައްސި ވެފައި ވާއިރު 3،349 މީހަކު ވަނީ ރަނގަޅުވެފަ އެވެ. އަދި 23 މީހަކު ވަނީ މިބަލީގައި ނިޔާވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!