ޚަބަރު ސިޔާސީ

ހިނގަމުން މިދަނީ ގާނޫނީ ވެރިކަމެއްތޯ ސުވާލު އުފެދޭ: އާޒިމް

އާމިނަތު ސަޒްރާ ، ދެން އޮންލައިން
އަލީ އާޒިމް

ހިނގަމުން މިދަނީ ގާނޫނީ ވެރިކަމެއްތޯ ނޫނީ ގާނޫނު އަސާސީ އެއްކާރިކޮށްލާފަ ހިތުހުރި ގޮތަކަށްކުރާ ވެރިކަމެއްތޯ ސުވާލު އުފެދޭކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

Ads by MWSC

އަލީ އާޒިމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަކާއި ނުލައި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ އެލަވެންސް ބޮޑު ކުރި މައްސަލައިގައި މެމްބަރުންގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައި އެކަމާއި ގުޅިގެންނެވެ.

"ހިނގަމުން މިދަނީ ގާނޫނީ ވެރިކަމެއްތޯ ނޫނީ ގާނޫނު އަސާސީ އެއްކާރިކޮށްލާފަ ހިތުހުރި ގޮތަކަށްކުރާ ވެރިކަމެއްތޯ ސުވާލު އުފެދޭ. އަހާނުލާ ތިޔަ ހަރަދުކުރަނީ ރައްޔިތުންގެ ފައިސާ. ކޮންމެ މީހަކަށް ކޮންމެ އެއްޗެއްދިނަސް ދެވެން އޮންނާނީ ރައްޔިތުންގެ މަޖްލިސްއިން ފާސްކޮށްގެން" އަލީ އާޒިމް ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާނޫނަކުން ފާސްނުކޮށް މިގޮތަށް އެލަވެންސް ބޮޑުކޮށްފިނަމަ ސަރުކާރުން ބޭނުންވާ ކޮންމެ ވަގުތެއްގައި އެލަވަންސް ކަނޑާ ލެވޭނެކަމަށެވެ.

Ads by Allied Insurance
  1. ނާއްޓޭ

    ކަލޭ ތީ 24 ގަޑިއިރުހަމާގަހުންނަމީހެއްތޯ ސުވާލް އުދެދޭ

  2. އަބްދޫ

    އޭނަ ގަހުގަ ނެތަސް އެބުނީ ރަނގަޅުވާހަކައެއް. ހާއްސައެހީގެ މީހުނަށް 2000 ދެނީ ގާނޫނަކުން .އެގާނޫނަށް ބަދަލުނުގެނެސް ބޮޑުކޮށްފަނުދެވޭނެ. ގާނޫނުއަސާސީގެ 97 ބުނާގޮތުން ރައީސަށް އެއްވެސް ފައިސާއެއް ދިނުމުގެ ބާރު ނޯންނާނެ. އަދި ގާނޫނުއަސާސީގެ 20 ވަނަ މާްއދާގަ ބުނާގޮތުން ގާނޫނުގެ މަންފާ އެންމެނަށް ހަމަހަމަ ގޮތުގަ ލިބެންވާނެ. މިހާރު އުފައްދާ ސިޔާސީމަގާމްތަކާއި ދެވޭ ވަޒީފާތަކަކީވެސް ގާނޫނުއަސާސީގެ 115 ގަ ބުނާގޮތަށް އުފައދާމަގާމްތަކެއްނޫން އެމަގާމަތަކަށް މީހުންލައްވަނީ ވެސް އެ މާއްދާގަ ބުނާގޮތަކަށް ނޫން . އެއްވެސް ސިޔާސީމަގާމެއް އުފެއްދޭނީވެސް އެއްވެސް ސިޔާސީމަގާމަކަށް މީހަކު ހަމަޖެއްސޭނީ ވެސް އަދި އެއިންމީހަކަށް މުސާރަދެވޭނީ ވެސް ރައްޔިތުންގެ މަޖިލީހުންފާސްކޮށްގެން. އެކަން އެގެނީ ވަޒީރުންގެ މަޖިލީހަށް މީހުންލެއްްވުމާއި މަގާމްއުފެއްދުން އޮންނަނީމަޖިލީހުން ފާސްކޮށްގެންކަމަށް ވާތީ އާއި އެމާއްދާގެ އެ އަކުރުން ރައީސްބޭނުންވާމަގާމް އުފައްދާ ބޭނުންމީހަކަށް މަގާމްދިނުމުގެ ބާރު ދީފަ އޮތްކަމަކަށް ނުބެލެވޭތީ އާއި އެމާއްދާގަ ރައީސަށް ދީފަ އޮތް އިހްތިޔާރަކީ ރައީސްގެ މަސްއޫލިއްޔަތު އަދާކުރުމަށް އެހީތެރިވުމަށް ނާއިބްރައީސަކު ރައްޔިތުންހޮވާ އިތުރު އެހީތެރިޔްކު ބެނުންވާނަމަ އިތުރު އެހީތެރިޔަކު ލެއްވުމުގެ މަސައްކަތް ކުރިޔަށް ގެންދިއުމުގެ އިހްތިޔާރު އެކަނި . 115 މާއްދާގެ އެއަކުރު ދެގޮތަކަށް މާނަނުކުރެވެނެ އެއަކުރު ފެށުމުގަ ވަޒީރުންގެ މަޖިލީހުގެ ވާހަކަ އޮތުމުން ކަންކުރަންޖެހޭނީ ވަޒީރުންގެ މަޖިލީހަށް މީހުންއައްޔަންކުރުމާއި އެއްގޮތަށް ކަންދޭހަވޭ.

  3. އިއްބެ

    ހިނގަމުންދަނީރައްޔިތުންގެޤާނޫނުހަދާމަޖިލީހެއްތޯނުވަތަބާޒާރުބައްޗާންގެމަޖިލީހެއްތޯރައްޔިތުންގެހިތުގައިއެބަސުވާލުއުފެދެއެވެ