ދީން

ދެބައޮޑުވާ، ދޭތެރެ ޖައްސާ، މީހުންގެ އަބުރަށް އަރައިގަންނަ މީހުންނަށް ޤިޔާމަތް ދުވަހު ގަދަފަދަ ޢަޒާބު ލިބޭނެ: ޚުތުބާ

ރައުފާ ރަޝީދު ، ދެން އޮންލައިން

ދެބައޮޑުވާ، ދޭތެރެ ޖައްސާ، މީހުންގެ އަބުރަށް އަރައިގަންނަ މީހުންނަށް ޤިޔާމަތް ދުވަހު ގަދަފަދަ ޢަޒާބު ލިބޭނެ ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

Ads by MWSC

މިއަދުގެ ހުކުރު ޚުތުބާގައި އަލިއަޅުވާލައިފައިވާ މައުޟޫއު އަކީ" ދުލުގެ ޢާފަތްތައް "މިއެވެ.

ޚުތުބާގައި ބުނެފައިވަނީ ޢީބަ ބުނުމާއި ނެތިމޮށުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި ތިމާގެ ނަފްސައް ތާއީދު ހޯދުމާއި އަނެކާއާމެދު ތިމާގެ ހިތުގައި އޮންނަ ހަސަދައާއި ނަފްރަތުގެ ސަބަބުން މީސްތަކުންގެ ކުރިމަތީގައި އޭނާގެ އަގުވައްޓާލަން ބޭނުންވުން ހިމެނޭ ކަމަށެވެ. 

އަދި ނެތިމޮށުމާއި ދޭތެރެ ޖެއްސުމާއި ފިތުނަ ފަސާދަ ފެތުރުމާއި ދުރުހެލިވާން ޖެހޭ ކަމަށާއި ކަށްވަޅުގެ ޢަޒާބުގެ ލިބޭ ޢަމަލުތަކުގެ ތެރޭގައި މިފަދަ ކަންކަން ހިމެނޭ ކަމަށް ހިތުބާގައި ބުނެފައިވެއެވެ.

“ދެބައޮޑުވުމާއި ދޭތެރެ ޖައްސަމުން ހިނގުމާއި މީސްތަކުންގެ އަބުރަށް އަރައިގަންނަ މީހާއަށް ޤިޔާމަތް ދުވަހުން ގަދަފަދަ އަޒާބު ލިބޭނެ” ހުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން ހުތުބާގައި ބުނީ ދޭތެރެ ޖެއްސުމަކީ ނުބައިވެގެންވާ ކަމެއް ކަމަށާއި އެއީ މީސްތަކުންގެ މެދުގައި ފިތުނަ ފަސާދަ އުފެދޭ ގޮތަށް ވާހަކަ ދެއްކުން ކަމަށެވެ. އަދި ދުލުގެ އާފަތްތަކުގެ ތެރޭގައި ދޮގު ބުނުމާއި ދޮގު ހެކިބަސް ދިނުން ވެސް ހިމެނޭ ކަމަށް ޚުތުބާގައި ބުންޏެވެ.

  1. އިސްހާގު

    ތިޔައީ މިއަދުގެ ޚުތުބާގެ މަޢުޟޫއެއް ނޫން