ވައްކަން ކުރާ ވަޒީރަކާ މެދު ފިޔަވަޅު އެޅުމަކުން ނުނިމޭ، ރައީސް ސޯލިހު ޒިންމާވާން ޖެހޭނެ: އަދުރޭ
ވައްކަން ކުރާ ވަޒީރަކާ މެދު ފިޔަވަޅު އެޅުމަކުން ނުނިމޭ ކަމަށާއި އެކަމާ ޒިންމާވާން ޖެހޭނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އޮޑިޓާ ޖެނެރަލްގެ އޮފީހުން އިއްޔެ ހާމަކުރި ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުން ވަނީ ރާއްޖެއަށް ވެންޓިލޭޓަރު ގަތުމާއި އެހެން ވެސް ކޮވިޑާ ގުޅިގެން ގަތް ސިއްހީ ދާއިރާގެ ތަކެތި ގަތުމުގައި ހީލަތާއި މަކަރު ހަދައި ކޮރަޕްޝަނަށް ތުހުމަތުވާ ގޮތަށް އެތައް މިލިއަން ރުފިޔާއެއްގެ ހަރަދުތައް ސަރުކާރުން ކޮށްފައިވާކަން ހާމަވެފަ އެވެ. މީގެ އިތުރުން، ޓޫރިޒަމުން ވެސް ވަނީ އެތައް މިލިއަން ރުފިޔާއެއް ނަހަމަ ގޮތުގައި ހަރަދުކޮށްފައިކަން އޮޑިޓުން ރިޕޯޓުން ދައްކަ އެވެ.
އެކަމާ ގުޅިގެން އަދުރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވައްކަން ކުރާ މުއައްސަސާއެއްގެ ވަޒީރު، ނުވަތަ ވެރިމީހާ އާ މުވައްޒަފުންނަށް ފިޔަވަޅު އެޅުމަކުން ނުނިމޭ ކަމަށެވެ. އަދި މި ކަންކަމަކީ ރައީސް ސޯލިހަށް އެނގިގެން، ރޭވިގެން ހިނގާ ކަންކަން ކަމުގައި އަދުރޭ ވިދާޅުވެއެވެ.
"ޒިންމާވާން ޖެހޭނީ ރައީސް ސޯލިހް. ޒީރޯ ޓޮލަރެންސްގެ ދަށުން މުލުވަގު ހޯދާ ހިފާ ހައްޔަރު ކުރަން އެބަޖެހޭ" އަދުރޭ ވިދާޅުވިއެވެ.
ކޮވިޑް-19ގެ ހަރަދުތަކާ ގުޅިގެން ތިލަވެފައިވާ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކާ ގުޅިގެން، ޖޭޕީގެ ސްލޮޓެއްގައި ކެބިނެޓުގައި އިންނެވި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މަގާމުން ވަކިކުރުމަށް އަންނަނީ ގޮވާލަމުންނެވެ.
އަދި ރިޕޯޓާ ގުޅިގެން އެންޓިކޮރަޕްޝަން ކޮމިޝަނާއި ފުލުހުން ގުޅިގެން ތަހުގީގެއް ހިންގުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވަނީ އަންގަވާފައެވެ.
ކޮރަޕްްޝަނުގެެ އޮށްއިންދިި ގަސްވަނީީ ބޮޑުވެެ މޭވާާ އަޅާފައެވެެ. ޢެއިންް މޭވާާ ކެއުމުންް ހުރިގެއްލުންް އެގޭމީހުންް މިޤައުމުގާާ ވަރަށްވެސްް މަދެވެެ.