ރައީސް ޔާމީން މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނެ: އަދުރޭ

އަންނަ ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް ޔާމީން ވާދަ ކުރައްވާނެކަމަށް އިދިކޮޅު ކޯލިޝަން ހިނގެވުމާއި ހަވާލުވެ ހުންނެވި އަބްދުއްރަޙީމް (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ ވިދާޅުވީ ރައްޔިތުން ބޭނުންވާ ރަނގަޅުގޮތް ހޯދައި ދެވޭނެކަމަށް ރައްޔިތުން ގަބޫލުކުރަނީ ރައީސް ޔާމީން ރާއްޖޭގެ ޒަޢާމަތާ ޙަވާލުވެގެން ކަމަށެވެ.
"ރައްޔިތުން ބޭނުންވާ ރަނގަޅުގޮތް ހޯދައި ދެވޭނެކަމަށް ރައްޔިތުން ގަބޫލުކުރަނީ ރައީސް ޔާމީން ރާއްޖޭގެ ޒަޢާމަތާ ޙަވާލުވެގެން" އަދުރޭ ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބު 2023، އަށް ކުރިމަތިލުމުގެ ފުރުސަތު ޖުލައި 23 ގައި ހުޅުވާލައި، އެކަމާ ގުޅޭ ފޯމު ހުށަހަޅަން ސާދަ (14) ދުވަހުގެ މުއްދަތެއް ދޭން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފައެވެ.
އިންތިޚާބު ކައިރިވަމުން އަންނަ އިރު، ސިޔާސީ ޕާޓީތަކުން އަންނަނީ އިންތިހާބަށް ވަރަށް ފޯރިއާއެކު ތައްޔާރު ވަމުންނެވެ. މިގޮތުން ކެންޑިޑޭޓުން ނަށް ރިޔާސީ ޓިކެޓު ޙަވާލުކޮށް ކެމްޕޭން ދަނީ ލޯންޗު ކުރަމުންނެވެ.